100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ކ. މާފުއްޓަށް މިއަދު ތައާރަފްކޮށްފި އެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް، އިގްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން މަގުފަހިކޮށްދިނުމުގައި، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ކުޅެމުންދާ މުހިއްމު ދައުރު އެ ކުންފުންޏަށް ފެންނަ ކަމަށެވެ.
"މިގޮތުން، ފިކްސްޑް އިންޓަނެޓްގެ ލައިސަންސް ލިބުމާއެކު، އަޅުގަނޑުމެންނަށް އެންމެ މުހިއްމު އެއް އަމާޒަކަށް ވެގެންދިޔައީ ދިވެހިރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް. މިއަދު މާފުށީގެ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެ ކުންފުނިން އަންނަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން ކަމަށާއި އެގޮތުން ދާދި ފަހުން އެ ކުންފުނީގެ ހޯމް ބްރޯޑްބޭންޑް ޕެކޭޖްތައް ވަނީ އަލުން އާރާސްތުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވަރ ޚިދުމަތް އެކުލެވޭ މި ޕެކޭޖތަަަކަަކީ މާކެޓްގަައި އެންމެ ރަަނގަޅު ޕެކޭޖްތަައް. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަން،" ނިޔާޒު ވިދާޅުވި އެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅުއްވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާއި އެއްވެގެންދާނެ އެވެ.
މާފުށީގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެ އެވެ. މި ޚިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.