އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި "ކްރޫގާ ޗެލެންޖް 2022" ފަށައިފި އެވެ.
އެސްޓީއޯ އިން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖުލައިމަހުގެ 31 ގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.
ކްރޫގާ ޗެލެންޖް 2022 ގައި ބައިވެރިވުމަށް ކްރޫގާގެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކާއެއްޗެއް ތައްޔާރުކުރުމަށްފަހު ބޭނުންކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރަން ޖެހެ އެވެ. ޕޯސްޓްކުރާއިރު #STOKrugerChallenge2022 މިގޮތަށް ޖަހަން ޖެހެ އެވެ.
އެސްޓީއޯއިން ބުނިގޮތުގައި ސޯޝަލް މީޑިއާ މުބާރާތުގެ ތެރެއިން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި އެއްފަރާތް ހޮވައި އެންމެ ގިނަ ލައިކްސް/ ރިއެކްޝަންސް ލިބިފައިވާ ޕޯސްޓުގެ ވެރިފަރާތަށް ވަރަށް އަގުހުރި އިނާމް ދިނުމަށް ހަމަޖެހިފައިވެ އެވެ.
ކްރޫގާ ބްރޭންޑްގެ ތަކެތި ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި، ސޯޝަލް މީޑިއާ މުބާރާތުގެ އިތުރުން ވަރަށް އަގުހުރި އިނާމު އަދި ޑިސްކައުންޓް ލިބޭނެ އެވެ.
މިގޮތުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ކްރޫގާ އައިޓަމްއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމުން މީގެ ތެރެއިން އެއްވަނައަށް ހޮވޭ ފަރާތަށް ބެނެލީ ޕެނެރިއާ ސައިކަލެއް، އަދި ދެވަނައަށް ހޮވޭފަރާތަކަށް އައިފޯން 13 ޕްރޯ މެކްސް 256 ޖީބީ ލިބޭއިރު ތިންވަނައަށް ހޮވޭ ފަރާތަކަށް ޕިލިޕްސް 55 އިންޗީގެ ޓީވީއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ އިން އިމްޕޯޓްކޮށް ވިއްކާ ކްރޫގާ ބްރޭންޑަކީ ޖަރުމަނުގެ މޮޅު ބުރޭންޑެކެވެ.
ކްރޫގާ ޕާސްތަނޫސާގެ ޗޮކުލެޓް ސްޕެރްޑް ތެރޭގައި ޗޮކޮލެޓް ޑުވޯ އަދި ޑާކް ޗޮކްލެޓް ވެސް ހުރެ އެވެ.
ކްރޫގާގެ ޕޮރޮޓެކްޓްތަކަކީ ދިވެހިންގެ މަގޫބުލުކަން ހޯދައިފައިވާ ޕްރޮޑަކްޓެކެވެ.