ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓު އަގުބޮޑުކޮށްފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނަނުން ދޮގުކޮށްފި އެވެ.
މޯލްޑިވިއަނުން ޓިކެޓު އަގުބޮޑުކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި މިއަދު ވަނީ ރިޕޯޓްކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އައިލެންޑްއޭވިއޭޝަނުން ބުނީ އެ ކުންފުނިން އެއްވެސް މަންޒިލަކަށް ދަތުރުކުރަން ޓިކެޓު އަގުބޮޑުކޮށްފައި ނުވާ ކަމަށެވެ.
ޓިކެޓްގެ އަގު ބޮޑު ނުވިޔަސް އެ ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން ފިއުލާ ސާޗާޖުގެ ގޮތުގައި ނަގާ އަދަދު މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.
މޯލްޑިވިއަންގެ ޓިކެޓް އަގުހެޔޮކުރުމަށްޓަކައި ސަރުކާރުން ކޮންމެ މަހަކު އެ ކުންފުންޏަށް ސަބްޒިޑީޒްގެ ގޮގޮތުގައި ފައިސާ ދެ އެވެ.
ތިޔަ ކުންފުނިން ހަދަނީ ހުސް ދޮގު. ޓިކެޓުގެ އަގު އޮތީބޮޑުކޮއްފާ ދިވެހި ރައްޔަތުންނަ އޮޅުވާނުލައްވާ. ފުވައްމުލަކަށް ކުރާ ދަތުރުގެ އަގަކީ އެއްކޮޅު 1470، ދެކޮޅު ޓިކެޓް 2958 މިއީ އަގުހެޔޮތޯ
ޚިޔާލު ފާޅުކުރަނީ އެދޭއިރު ދޭ ޚިޔާލު ޝާޢިއު ނުކުރަނީ ކީއްވެތޯ
ފަސެންޖަރުންގެ އަތުން ނަގާ ފައިސާއަކީ ޓިކެޓުގެ އަގު ކަމަށް ފަސެންޖަރުންނަށް ފެންނާނީ. އެ ވަރިހަމަ ޓިކެޓުގެ އަގު /5ރ ކަމަށްވެފައި ފިއުލްގެ އަގު /1،450ރ ކަމަށްވިޔަސް. ޓިކެޓު ފަސިންޖަރު އަތަށް ލިބެނީ /1455ރ ދިނީމަ ކަމަށް ވަންޏާ ޓިކެޓުގެ އަގު ކަމަށް ވަނީ /1455 ރުފިޔާ. މީގަ މިހުރީ އިނގިރޭސި އަކުރޭ ކިތައްމެ ބާރުލާފަ ބުންޏަސް މި ވާނީ ހަމަ ދިވެހި އަކުރަށް