މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އޮޕަރޭޓް ކުރަމުންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ވިސާ އަދި މާސްޓަ ކާޑު މެދުވެރިކޮށް މިއަދުން ފެށިގެން ފައިސާ ދެއްކޭނެ އިންތިޒާމު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

އާރްޓީއެލް މާލެ ސިޓީ ބަސް ވިއުގަ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލް އިން ދޫކުރާ ކޮންޓެކްޓްލެސް މާސްޓަކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ދަތުރަށް ފައިސާ ދެއްކޭނެ އެވެ. ކާޑު ޕޭމަންޓްގެ އިތުރުން، އާރްޓީއެލް މޯބައިލް އެޕް މެދުވެރިކޮށް ބަސް އަދި ފެރީ ޓިކެޓް ކަސްޓަމަރުންނަށް ގަނެވޭނެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލްގެ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރައްކާތެރިކާމާއި ފަސޭހަކަމާއެކު އާރްޓީއެލް ވިއުގައި ޓެޕް-އެންޑް-ގޯ ޕޭމަންޓް ހެދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު އިތުރު ޕޭމަންޓް ނިޒާމުތައް ގާއިމްކުރަން މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ ހިދުމަތްތަކަށް އިންވެސްޓް ކުރުން،" އޭނާ ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު އިތުރު ޕޭމަންޓް ނިޒާމުތައް ގާއިމްކުރަން މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ ހިދުމަތްތަކަށް އިންވެސްޓް ކުރުން،
ކާލް

މިކަމާ ގުޅޭގޮތުން މާސްޓަ ކާޑުގެ ކަންޓްރީ މެނޭޖަރު ސްރީލަންކާ އެންޑް މޯލްޑިވްސް ސަންދުން ހަޕުގޮޑަ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ މިކަމަށް އެހީތެރިވެވޭކަމީ މާސްޓަ ކާޑަށް ވެސް ލިބޭ އުފަލެއް ކަމަށެވެ.

އާރްޓީއެލް ބަހަށް ބަޔަކު މިއަދު ހަވީރު އަރަނީ. ބީއެމްއެލްގެ މާސްޓަ ކާޑާއި ވިސާ ކާޑުން މިހާރު ބަހަށް ފައިސާ ދެއްކޭނެ. ފޮޓޯ | ހުރިހާ

"ކޮންޓެކްޓްލެސް މާސްޓަ ކާޑު އޯޕަން ލޫޕްގައި ބޭނުންކުރެވޭގޮތް ހަމަޖެހިގެންދިޔުމާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވި، ހަމައެހެންމެ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުން ގިނަވެ، މި ހިދުމަތް ބޭނުންކުރާ ދަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ. މާސްޓަ ކާޑުން ދުނިޔޭގެ އެތައް ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަން ފޯރުކޮށްދެމުން،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ރާއްޖޭގައި މިހިދުމަތް ދިނުމުގެ އެހީތެރިކަންފޯރުކޮށްދީ މިކަމުގައި ބައިވެރިވެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް. ދުނިޔޭގެ އެކިއެކި ސްމާޓް ސިޓީ ތަކުގައި އެންމެ ގިނައިން ބޭނުންކުރާ ޕޭމަންޓް މެތަޑްގެ ގޮތުގައި އޯޕަން ލޫޕް ހިމެނޭއިރު އަޅުގަނޑުމެންގެ މަސައްކަތުން މި ލިސްޓަށް ދިވެހިރާއްޖެ އިތުރުވެގެންދާކަމީ އަޅުގަނޑުމެން ފަޚުރުވެރިވާކަމެއް."

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ އާރްޓީއެލް ބަސް ވިއުގަ ގައި ކޮންޓެކްޓްލެސް މާސްޓަކާޑު އަދި ވިސާ ޑެބިޓް އަދި ކްރެޑިޓް ކާޑުން ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމްކުރުމަށް އެ ކުންފުނީގެ ޕާޓްނަރުން ކަމަށްވާ، ބީއެމްއެލް އަދި މާސްޓަރކާޑުން ވެދެއްވި އެހީއާއި ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބީއެމްއެލްގެ މާސްޓަ ކާޑާއި ވިސާ ކާޑުން އާރްޓީއެލް ބަހަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހުމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ކާޑު ބޭނުންކުރައްވަނީ. ފޮޓޯ | ހުރިހާ

"މިއީ އަޅުގަނޑުމެންގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އަދި އަޅުގަނޑުމެން ގަބޫލުކުރާގޮތުގައި، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރެވޭކަމީ އަޅުގަނޑުމެންގެ އާރޓީއެލް ބަހުގެ ހިދުމަތް އިތުރު ފަރާތްތަކުން ބޭނުންކުރުމަށް މަގުފަހިވެގެންދާނެކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ފަސޭހަކަމާއެކީ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފެންވަރަ ރަނގަޅު ހިދުމަތެއް ދިނުން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ މާސްޓަ ކާޑާއި ވިސާ ކާޑުން އާރްޓީއެލް ބަހަށް ފައިސާ ދެއްކޭ ގޮތް ހަމަޖެހުމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ހަވީރު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ | ހުރިހާ

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.