މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމަށް ކުރާ ދަތުރުތަކުގެ ޓިކެޓުން ޑިސްކައުންޓް ލިބޭ ފެއާއެއް ފަށައިފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ފެއާގެ ދަށުން ކޮޗިން އާއި ޓްރިވެންޑްރަމްގެ ޓިކެޓުން 50 ޕަަސެންޓަށް ވުރެ ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.
މިފެއާ ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި މިމަހުގެ ނިޔަލަށް ފެއާ ކުރިއަށްދާނެ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. ޕްރޮމޯޝަންގެ ދަށުން ނަގާ ޓިކެޓްތަކަށް އަންނަ މަހުގެ 17 ގެ ނިޔަލަށް ދަތުރުކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކުރިން 400 ޑޮލަރަށް ވިއްކި ކޮޗިން ދެކޮޅު ޓިކެޓް މިހާރު ލިބޭނީ 216 ޑޮލަރަށެވެ. އަދި ކުރިން 500 ޑޮލަރަށް ވިއްކި ޓްރިވެންޑްރަމް ދެކޮޅު ޓިކެޓު މިހާރު 232 ޑޮލަރަށް ލިބެ އެވެ.
މޯލްޑިވިއަނުން ބުނީ ކޮޗިން އާއި ޓްރިވެންޑްރަމް ޓިކެޓްގެ އަގު ހެޔޮކުރީ މި ރޯދަމަހު ސިއްހީ ބޭނުންތަކާއި އަދިވެސް އެނޫން ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ހެޔޮ އަގުގައި ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާދިނުމުގެ ގޮތުން ކަމަށެވެ.
މިވަގުތު މޯލްޑިވިއަން އިން ބައިނަލްއަގްވާމީ ދަތުރު ކުރަނީ ކޮޗިން އާއި ޓްރިވެންޑްރަމާއި ބަންގްލަދޭޝްގެ ޑާކާ އަށެވެ.