ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކު ވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިރޭ ފަށައިފި އެވެ.
ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލް އެވެ.
އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ތެރޭގައި އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ޕީޕަލްސް ޗޮއިސްގެ އިން ކުރާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ.
އެސްޓީއޯއިން މި ޕްރޮމޯޝަންގައި ބޭނުން ކުރާނީ ތިމާވެއްޓާ ރައްޓެހި ޑިޖިޓަލް ކޫޕަނެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ރީޖަނަލް ފިހާރަތަކުގައި ރަމަޒާން ބާޒާރު ކުރިޔަށްދާނީ 15 ޖެނުއަރީ އިން ފެށިގެން 11 އެޕްރީލްއަށެވެ.
މި ޕްރޮމޯޝަންގައި އެސްޓީއޯގެ ހުރިހާ އައުޓްލެޓް ތަކެއް އެއްކޮށް ތިން ބަޔަކަށް ބަހައިލައިގެން ވަރަށް އަގުހުރި އިނާމުތަކެއް ލިބޭނެ އެވެ.
އެސްޓީއޯއިން ވިޔަފަރި ކުރާ ކޮންމެ 25 ޕަސެންޓަކާ ހަމަށް ޑިސްކައުންޓް ލިބިގެން ދާނެ އެވެ .
ރޯދަމަހުގެ ކުރިން ތިން ނަސީބުވެރި ފަރާތެއް ހޮވާނެ އެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެއް ލިބިގެން ދާއިރު، ދެވަނަ ފަރާތަކަށް ހޯމް އެޕިލިއެންސް ޕެކޭޖެއް، އަދި ތިންވަން ފަރާތަކަށް ތިން ރޫމް އެޕޓްމެންޓްގައި ނިޕޯޕެއިންޓްގެ ކުލަ ލައިދޭނެ އެވެ.
ރޯދަމަހު ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތެއްހޮވާ 2500 ރުފިޔާގެ ގިފްޓް ވައުޗާއެއް ލިބިގެން ދާނެ އެވެ.
މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރި ފަރާތެއް ހޮވިގެން ދާނެ އެވެ.
އެއްވަނަ އިނާމަށް ޓާކީ ދެކޮޅު ޓިކެޓް ދެމީހަކަށް ލިބިގެން ދާއިރު، ދެވަނަ ނަސީބުވެރި ފަރާތަކަށް ހޯމްއެޕްލަޔަންސް ޕެކޭޖެއް ލިބޭނެ އެވެ. އަދި ތިންވަނަ ފަރާތަކަށް 65" ފިލިޕްސް ޓީވީ އެއްލިބިގެން ދާނެ އެވެ .
ގުރުއަތުން ދިމާވާ ފަރްތްތަކަށް މުޅި ޕްރޮމޯޝަން ތެރޭގައި 300،000 ރުފިޔާގެ އަގުހުރި އިނާމުތަކެއް ލިބިގެން ދޭނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ ޕްރޮމޯޝްން ތެރޭގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހުގައި ކުންފުނީގެ ޕްރޮޑަކްޓް ބޭނުން ކުރާ ގޮތް ދައްކާލުންތައް ކުރިޔަށް ދާނެ އެވެ. އަދި ޕްރޮޑަކްޓް ދައްކާލުން ކުރިޔަށްދާ ގަޑީގައި ކަސްޓަމަރުން އަމިއްލައަށް ޕްރޮޑަކްޓް ތަޖުރިބާކުރުމުގެ ފުރަސަތު ލިބިގެން ދާއިރު އެޕްރޮޑަކްޓުން ހާއްސް ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.
ކޮންމެ ހަފުތާއަކު ހުކުރު ،ހޮނިހިރު ދުވަހު ބައެއް ސެލެކްޓިވް އައިޓަމްތަކުން ވެސް ޑިސްކައުންޓު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯ އިން ބުނީ އީ ސްޓޯރުން މެދުވެރިކޮށް ވެސް ޕްރޮމޯޝަން ޕްރޮޑެކްޓު ލިބިގެން ދާނެ އެވެ. އަދި ފުރިޖް އަދި ދޮންނަ މެޝިން ފަދަ އައިޓަމްތައް ގަތުމުން ޑެލިވަރީ ކޮށްދޭނެ އެވެ.