ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަން ކަމަށް މީރާގެ ކުރީގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް (ޑީސީޖީ) ހަސަން ޒަރީރު ހަމަޖައްސައިފި އެވެ.
ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ބޭންކުން މިރޭ ނެރުނު ނޫސްބަޔާނުގައި ވަނީ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ޒަރީރު އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް) އަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށެވެ.
މީގެ އިތުރުން އެ ބޭންކުގެ ބޯޑު ޑިރެކްޓަރަކަށް އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04 ވަނީ އީޖީއެމްގައި އައްޔަންކޮށްފައިވާ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. އަލަށް އައްޔަންކުރި ދެ ޑިރެކްޓަރުންނާއެކު، ބޭންކުގެ ބޯޑު ޑިރެކްޓަރުންނަކީ:
- ކާލް ސްޓުމްކަ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
- އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
- ހަސަން ޒަރީރު، ހުޅުމާލެ. ފްލެޓް ނަންބަރު C1-3-B (ޗެއާމަން)
- ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
- އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
- އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ
- އަލީ ފާރިސް މުހައްމަދު، ގ. ސިނަމާލެ 3 35-04
- އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ
- އަހުމަދު މުޙައްމަދު، ގ. އުފާ
- އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ
ބީއެމްއެލްގެ ޗެއާމަން ކަމަށް ޒަރީރު ހަމަޖެއްސުމުގެ ކުރިން މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަންކުރަން ރައީސް މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވި އެވެ.
ޒަރީރަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ރަށްތަކާއި ފަޅުތައް އެމްއެމްޕީއާރުސީ މެދުވެރިކޮށް ވިއްކައިގެން އެތައް ބިލިއަން ރުފިޔާގެ ޚިޔާނާތް ހިންގިއިރު މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އެވެ.
ބީއެމްއެލްގެ ޒަމާން ތިދިޔައީ. އަނެއްކާ ކޮން ޖަރީމާއެއް ހިންގަން ތިތަނަށް ތިވެއްދީ.