ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް މިހާރު އަންލިމިޓެޑް ގްރޫޕް ކޯލިން ކުރެވޭ މުޅިން އާ އެޑް-އޮންއެއް ތައާރަފްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ މި އާ އޮފާއާއެކު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް "ވާހަކަ" އެޑް-އޮން އެކްޓިވޭޓްކޮށްގެން، މި އެޑް-އޮން އެކްޓިވޭޓްކޮށްފައިވާ އާއިލާ މެމްބަރުންނާއި ރައްޓެހިންނަށް ހިލޭ ގުޅާލެވޭނެ ކަމަށެވެ. އެގޮތުން މި އެޑް-އޮންއާއެކު އެންމެ 50 ރުފިޔާއަށް، 30 ދުވަހުގެ މުއްދަތަށް އަންލިމިޓެޑް ކޯލް ކުރެވުމުގެ އިތުރުން 1ޖީބީ މޮބައިލް ޑޭޓާވެސް ލިބޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ. އަދި މީގެ އިތުރުން ވަޓްސްއެޕް، ޓެލެގްރާމް ނުވަތަ ވައިބަ މެދުވެރިކޮށް ކޯލިން ގްރޫޕްގައި ބައިވެރިވުމުގެ ދައުވަތު އާއިލާއަށާއި ރައްޓެހިންނަށް ފޮނުވާލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"ކަސްޓަމަރުން އެކަކު އަނެކަކާ މުވާސަލާތީ ގޮތުން ފަސޭހަކަމާއެކު ގުޅުވާލެވޭ ގޮތަށް ފަރުމާކޮށްފައިވާ މިފަދަ އޮފަރއެއް ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އެގޮތުން މި ލޯންޗަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ދިރާގު ނެޓްވަރކް މެދުވެރިކޮށް، ގުޅުވާލުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިންމު ކާމިޔާބީއެއް،" ދިރާގުގެ މެނޭޖަ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި އެވެ.

ދިރާގު އެޕް މެދުވެރިކޮށް ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މި އެޑް-އޮން އެކްޓިވޭޓްކޮށްލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށްދީ، ހިތްގައިމު އައު އޮފަރތަކާއެކު އެފަރާތްތަށް ޑިޖިޓަލްކޮށް ގުޅުވާލެވޭނެ އިތުރު ގޮތްތައް ފަހިކޮށްދިނުމަށެވެ.