މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް އިތުރުކޮށްފި އެވެ.

ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރާއި ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރީ ސްކޫލް ޗުއްޓީއާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވުމުންނެވެ.

މި ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ބައެއް މަންޒިލްތަކަށް ތާވަލުކޮށްފަ އެވެ. މިގޮތުން މާދަމާއިން ފެށިގެން މިމަހުގެ 20 ވަނަ ދުވަހާ ހަމަޔަށް އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ.

މޯލްޑިވިއަންއިން އިތުރު ދަތުރުތައް ތަވާލުކޮށްފައި ވަނީ

  • 16 މޭ، މާލެ- ފުވައްމުލައް އަދި ފުވައްމުލައް- މާލެ، މާލެ- މާވުރުލު އަދި މާވުރުލު-މާލެ
  • 17 މޭ، ގަން- މާލެ އަދި މާލޭ- ގަން، ހޯރަފުށި- މާލެ އަދި މާލެ- ހޯރަފުށި، ކުޅުދުއްފުށި- މާލެ އަދި މާލެ- ކުޅުދުއްފުށި، ފުވައްމުލައް- މާލެ އަދި މާލެ- ފުވައްމުލައް
  • 18 މޭ، ފުނަދޫ- މާލެ އަދި މާލެ- ފުނަދޫ، ފުވައްމުލައް- މާލެ އަދި މާލެ- ފުވައްމުލައް، ގަން- މާލެ އަދި މާލޭ- ގަން
  • 19 މޭ، ގަން- މާލެ އަދި މާލޭ- ގަން، ފަރެސްމާތޮޑާ- މާލޭ އަދި މާލޭ- ފަރެސްމާތޮޑާ، ފުވައްމުލައް- މާލެ އަދި މާލެ- ފުވައްމުލައް، ކުޅުދުއްފުށި- މާލެ އަދި މާލެ-ކުޅުދުއްފުށި
  • 20 މޭ، މާލެ- މާވުރުލު އަދި މާވުރުލު- މާލެ، މާލެ- ގަން އަދި ގަން- މާލެ، ކައްދޫ- މާލެ އަދި މާލެ- ކައްދޫ، މާލޭ- މަޑިވަރު- މާފަރު އަދި މަޑިވަރު- މާފަރު- މާލޭ، މާލެ- ކުޅުދުއްފުށި އަދި ކުޅުދުއްފުށި- މާލެ، މާލެ- ފުވައްމުލައް އަދި ފުވައްމުލައް- މާލެ

މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރުމަށް ނިންމާފައި ވަނީ ސްކޫލް ބަންދާ ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުކުރާ މީހުން ގިނަވެ މޯލްޑިވިއަންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމުން ކަމަށް އެ އެއާލައިނުން ބުނެ އެވެ. މީގެ ކުރިން އެހެން ބަންދުތަކާ ދިމާކޮށް ވެސް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައިވެ އެވެ.

މޯލްޑިވިއަންއިން މިވަގުތު ރާއްޖޭގެ 16 މަންޒިލަކަށް ކޮންމެ ދުވަހަކު ދަތުރުތައް ބާއްވަމުން ގެންދެ އެވެ.