ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ ސެލްބީ ފިހާރަތަކުގެ ބާނީ އާދަމް ޝުކުރީ ރޭ އަވަހާރަވެއްޖެ އެވެ.

އުމުރުން 89 އަހަރުގައި ޝުކުރީ އަވަހާރަވި މެލޭޝިޔާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

ބާޒާރުމަތީގައި ސެލްބީ ޑްރައިވް އަދި ސެލްބީ ސްޓާގެ ނަމުގައި ފިހާރަ ހިންގެވި ޝުކުރީ އަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ވިޔަފާރިވެރިއެކެވެ. މާލޭގައި ސެންޓްރަލް ހޮޓެލްގެ ނަމުގައި ބޮޑު ހޮޓަލެއް އިމާރާތް ކުރައްވައި އެތަން އެންމެ ފުރަތަމަ ހިންގެވީ ވެސް ޝުކުރީ އެވެ. ނަމަވެސް ފަހުން އެ ހޮޓާ ވަނީ ޗަމްޕާ ބްރަދާސްގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވިއްކާލައްވައިފަ އެވެ.

އޭގެ ފަހުން ޝުކުރީގެ ދިރިއުޅުއްވުން ވަނީ މެލޭޝިއާ އަށް ބަދަލު ކުރައްވައިފަ އެވެ.

ޝުކުރީ އަވަހާރަވި އިރު ދުނިޔޭގައި ހަ ބޭފުޅުން އެބަތިއްބެވެ.