ދަރުމަވަންތަ ހޮސްޕިޓަލުގައި އެސްޓީއޯގެ އާ ފާމަސީއެއް ހުޅުވައިފި އެވެ.

އެ ފިހާރަ ރޭ ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރެވެ. އެ ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ހުޅުވި އެސްޓީއޯގެ އާ ފާމަސީއަކީ އެހެން ފާމަސީތަކާ ތަފާތު ކޮށް މޮޑާން ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެކެވެ. އެހެންކަމުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސް ގެ އިތުރުން ޕާސަނަލް ކެއާ ރޭންޖް ގެ ވަރަށް ގިނަ ތަކެތި ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދަރުމަވަންތަ ހޮސްޕިޓަކްގައި ހުޅުވި އާ ފާމަސީގައި މަސަކްތްކުރާ ފާމަސިސްޓުން ---

އެސްޓީއޯ އިން ބުނީ މި ފާމަސީއާއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗަށް ހިދުމަތް ހޯދަން ދާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތްފަރާތަށެވެ.