ބޮޑު ދަރަންޏެއް އޮތް ފެނަކަ ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ބަދަލުކުރާނެ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
ސަރުކާރުން ވަނީ ފެނަކައަކީ އެސްޓީއޯގެ 100 ޕަސެންޓް ހިއްސާވާ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ނިންމާފަ އެވެ.
މިކަމާ ގުޅިގެން އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ވަނީ ފެނަކައިގެ މާލީ ހާލަތު ދެނެގަތުމަށް މިނިވަން އޮޑިޓްފާމެއް މެދުވެރިކޮށް އޮޑިޓެއް ހެދުމަށް ސަރުކާރަށް އިރުޝާދުދީފައިވާނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ ފެނަކައިގެ އިންޓަރިމް ބޯޑު އެކުލަވާލުމަށް ހަމަޖެހިފައި ވަނީ އެސްޓީއ، އާއި އެންވާރަމަންޓް މިނިސްޓްރީ ތަމްސީލްކުރާ ފަރާތްތައް ހިމެނޭގޮތަށް ކަމަށެވެ. އަދި އެސްޓީއޯގެ ދަށަށް ފެނަކަ މުޅިން ބަދަލުކުރެވުމާއެކ،ު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ދެން އެކުލަވާލާނީ އެސްޓީއޯގެ ގަވާނަންސް ކޯޑާއި ސަބްސިޑަރީތަކަށް މެންބަރުން އައްޔަންކުރާ އުސޫލާ އެއްގޮތަށް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ފެނަކައިގެ ދަރަނީގެ ބޮޑު ބަޔަކ،ީ އެސްޓީއޯ ގްރޫޕަށް ދައްކަންޖެހޭ ފައިސާކަމަށްވާއިރ،ު މި ފައިސާ އެސްޓީއޯ ގްރޫޕަށް ލިބޭނެގޮތުގެ ޕްލޭނެއް ހެދ،ި އެއާ އެއްގޮތަށް ފައިސާ ހޯދުމަށް މަސައްކަތްކޮށް، ފެނަކައަކީ ފައިދާވާނެ ކުންފުންޏަކަށް ހެދުމަށް އެސްޓީއޯއިން މަސައްކަތްކުރާނެކަމުގެ ޔަގީންކަން މިކުންފުނީގެ އެންމެހާ ހިއްސާދާރުންނާއި އެހެނިހެން ސްޓޭކްހޯލްޑަރުންނަށް އަރުވަމެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
ފެނަކައިގެ ދަރަންޏަކީ 3.4 ބިލިއަން ރުފިޔާ އެވެ.
ގެއްލުމުގައި ހިންގަމުން އައި މިފްކޯ ވެސް އެސްޓީއޯގެ ދަށަށް ބަދަލުކުރިނަމަވެސް އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް އެސްޓީއޯއަކަށް ބަދަލެއް ނުކުރެވުނެވެ. ފަހުން މިފްކޯ ވަނީ އެސްޓީއޯގެ ދަށުން ނަގައިފަ އެވެ.