ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 2،000 ހައުސިން ޔުނިޓް އެޅުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއާއި އިންޑިއާގެ ކުންފުންޏެއްކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާއެކު އިންޖިނިއަރިން، ޕްރޮކިޔޯމަންޓް އެންޑް ކޮންސްޓްރަކްޝަން (އީޕީސީ) އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނިގޮތުގައި މި މަޝްރޫއުގެދަށުން 650 އަކަފޫޓުގެ ދެ ކޮޓަރީ ގެ 600 ޔުނިޓް އަދި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އިމާރާތްކުރެވޭނެއެވެ. 137 މިލިއަން އެމެރިކާ ޑޮލަރުގެ މިމަޝްރޫއު ކުރުޔިށްގެންދިއުމަށް ރޭވިފައިވަނީ އެކްސްޕޯރޓް އިމްޕޯޓް ބޭންކް އޮފް އިންޑިއާ (އެގްޒިމް ބޭންކް) ގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫއު ފުރިހަމަކުރުމަށް ތިން އަހަރާއި އެއް މަސް ދުވަސް ނަގާނެކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު އެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެސިސްޓަންޓް ވައިސް ޕްރެޒިޑެންޓް ކޮންޓްރެކްޓްސް ސައުތު އިންޑިޔާ އޮޕަރޭޝަންސް ކައްރި ސުދާކަރަ ރެޑީ އެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ފަހި ދިރިއުޅުން ކޯރޕަރޭޝަންގަ އެވެ.
ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއަކީ އިންޖިނިއަރިން އަދި ކޮންސްޓްރަކްޝަން މަސައްކަތްކުރުމުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.
ލޯނެއްގެ ދަށުން ކަމަށް ވަންޏާ އަދި ލޯނަކީ އަނބުރާ ދައްކަންޖެހޭ އެއްޗެއް. ކީއްވެގެން ދިވެހި ކުންފުންޏަކާ ޙަވާލުނުކުރަންވީ
އައު ތަންތަން ނާޅާ މިހާރު ހުރި ތަންތަން ހަވާލު ކޮށްފަ ދެން ވާނުވާބަލާފަ އާ ތަންތަން އަޅާނަމަ ތަންކޮޅެއް ހައްޓަށް ފަސޭހަވާނެ. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ެެެެެެެެެެެެެެެl
އިންޑިޔާ މީހުން ކުރިން އެޅި ފްލެޓް ތަށް ހުރި ފެންވަރަށް ބާ މި ތަންތަންވެސް ވާނީ.
2 އަދި 3 ކޮޓަރީގެ އެޕަރޓްމަންޓެއް ކިހާވަރަކަށްބާ؟ ސާފުކޮއްލެއްވިނަމަ