މިއީ މާލެއިން 40 މިނެޓުން ސްޕީޑް ލޯންޗުގައި ދެވޭ ހިސާބުގައި އޮންނަ ރަށެއްގައި ހުންނަ ހިތްގައިމު ހޮޓަލެއްގެ ވާހަކަ އެވެ. މާލެ އަތޮޅުގައި އޮންނަ މި ރަށަކީ އެހާ ބޮޑު ރަށެއް ނޫނެކެވެ. އެކަމަކު މި ރަށުގެ އެންމެ ތަފާތު އެއް ކަމަކީ މި ރަށުގެ ވަށައިގެން އޮންނަ 10 ކިލޯ މީޓަރަށް ވުރެ ބޮޑު ފަރެވެ. ރަށް ވަށައިގެން އޮންނަ އެ ފަރަކީ ވަރަށް ހިތްގައިމު ރީތި ފަރެކެވެ. ސްނޯކަލް ކުރުމަށް އެވަރެއް ނެތް ރީތި ފަރެކެވެ. މިއީ މަޝްހޫރު ހާޑްވެއާ ފިހާރަތައް ހިންގާ ވެލިގާއިން ކ. ދިއްފުށީގައި ތަރައްގީކުރި ހިތްގައިމު ރީތި ހޮޓަލުގެ ވާހަކަ އެވެ. މި ހޮޓަލަކީ އެ ރަށުގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހޮޓެލެވެ.

ސްޓޯން ހޮޓެލްސްގެ މާހައުލު އޮންނަނީ ކިހިނެއް؟

ސްޓޯން ހޮޓެލްސްގެ މާހައުލަކީ ވަރަށް އަރާމު މާހައުލެކެވެ. ބޭރުގެ ލައުންޖު ސަރަހައްދުގައި ޖޯލި ހުރެ އެވެ. އިށީނދެ އިނދެ އަރާމުކޮށްލާނެ އިތުރު ތަންތަން ހުރެ އެވެ. އުނދޯލި ހުރެ އެވެ. ލައުންޖް އޭރިއާ ހުންނަނީ އިރުއޮއްސޭ މަންޒަރު ރީއްޗަށް ފެންނަ ގޮތަށެވެ. ތަނުގައި ހުންނަނީ ސައުންޑް ރަނގަޅަށް ހަދައި ރީތި ލަވަތައް ޖަހައިފަ އެވެ. އޭގެ ސަބަބުން މާހުލުން ހިތަށް އިތުރު އުފާވެރިކަމެއް ގެނެސްދެ އެވެ. އަދި ބަންދު ދުވަސްތަކުގައި ހަވީރު 5:30 އިން ފެށިގެން ރޭގަނޑު ވަންދެއް ލައިވް މިއުޒިކް އޮވެ އެވެ.

https://www.instagram.com/p/C-xMixypUgS/?igsh=MW1lZXpzaW05eWJmZw==
ސްޓޯން ހޮޓެލްސްގައި ލައިވް ބޮޑުބެރު ޝޯއެއް ދެނީ ފޮޓޯ: ސްޓޯން ހޮޓެލްސް ވެބްސައިޓް

ކޮޓަރިތައް ހުންނަނީ ކިހިނެއް؟

މި ހޮޓަލުގައި ހަތް ވައްތަރެއްގެ ކޮޓަރި ހުރެ އެވެ. ކޮޓަރިތަކުގެ ތެރެއިން އެންމެ މަގުބޫލު ކޮޓަރިއަކީ ސީ ވިއު ކޮޓަރިތަކެވެ. މި ކޮޓަރިތަކުން މޫދާއި އިރުއޮއްސޭ މަންޒަރު އެއްވެސް ހުރަހެއް ނެތި ފެންނާނެ އެވެ. ކޮޓަރިތަކުގެ އިންޓީރިއާ ޑިޒައިންކޮށްފައި ވަނީ ވަރަށް ތަފާތު އެސްތެޓިކް ސްޓައިލަކަށެވެ. ކޮޓަރިން ނުކުމެ ދުނިޔޭގެ ސާފު ވައި ޖައްސާލަން ބޮޑެތި ބެލްކަނީ ހުންނަ ކޮޓަރި ވެސް ލިބޭނެ އެވެ

https://www.instagram.com/reel/C99hwERppzH/?igsh=MTNhcTE4djB5dDB6MQ==

ކެއުން

އެ ހޮޓަލުގައި މި ވަގުތު ދެ ރެސްޓޯރެންޓަކުން ކެއުން ލިބެ އެވެ. އެކިއެކި ކުއިޒިން ތީމަށް ރޭގަނޑު ބުފޭ އޮވެ އެވެ. ބުފޭގެ އޮފްޝަންސްތައް ހަދާފައި ވަނީ ކޮންމެ މީހަކަށް ވެސް ކަމުދާނެ ތަކެތި ހިމެނޭ ގޮތަށެވެ.

ފެސިލިޓީސް

މި ހޮޓެލްގެ އެންމެ މަގްބޫލު އެއް ފީޗާ އަކީ ހޮޓަލުގެ ރޫފްޓޮޕް އިންފިނިޓީ ޕޫލެވެ. ހެނދުނު 6 އިން އިރުއޮއްސި 6 އަށް ޕޫލް ބޭނުންކުރެވޭނެ އެވެ. މި ހޮޓެލްގައި ސްޕާއަކާއި ޖިމެއް ވެސް ހުރެ އެވެ. ޑައިވިން, ސްނޯކްލިން, ޑޮލްފިން ބެލުން ފަދަ އެކްސްކާޝަންގެ ހިދުމަތް މި ހޮޓަލުން ފޯރުކޮށްދެ އެވެ. ދިއްފުށްޓާ ވަރަށް ކައިރިން ވެލާ، ކަހަނބު ބަލަން އަދި ކޮރެލް ގާޑަން ސްނޯކްލިން ކުރެވޭނެ އެވެ. އަދި މާލެ/ އެއާޕޯޓް ޓްރާންފާ ވެސް ސީދާ ހޮޓަލުން ހަމަޖައްސާދޭނެ އެވެ.

ސްޓޯން ހޮޓެލްސްގެ ސްޕާ

ހޮޓަލުގެ ހާއްސަ ވިއު

ހޮޓަލުގެ އެންމެ ހާއްސަ ސިފައަކީ ހޮޓަލުގެ މަތިން ފެންނަ މަންޒަރޭ ބުނެވިދާނެ އެވެ. އެހާ މަތިން ރަށެއްގެ ރީތިކަން (ހާއްސަކޮށް އިރުއޮއްސޭ މަންޒަރު) ބަލާލުމަކީ މަދުން ނޫނީ ފެންނާނެ މަންޒަރެކެވެ.

ސްޓޯން ހޮޓެލްސްގެ ވިއު
ސްޓޯން ހޮޓެލްސްގެ ވިއު

އެންމެ ހާއްސަ ވާނީ؟

މި ތަން އެންމެ ހާއްސަވާނީ ރޮމޭންޓިކް ގެޓްއަވޭ އަކަށެވެ. ދެމަފިރިންނަށް މި ތަން ވަރަށް ކަމުދާނެ އެވެ. ރިލެކްސް ކޮށްލަން ބޭނުންވާ އާއިލާއަކަށް ވެސް މިތަން ވަރަށް ކަމުދާނެ އެވެ.

ސްޓޯން ހޮޓެލްސްގެ ވިއު ފޮޓޯ: ސްޓޯން ހޮޓެލްސް ވެބްސައިޓް
ސްޓޯން ހޮޓެލްސްގެ ވިއު ފޮޓޯ: ސްޓޯން ހޮޓެލްސް ވެބްސައިޓް