ބޮޑެތި ބޯނަސް ޑޭޓާތަކާއި އެކު 2025 ވަނަ އަހަރަށް އުރީދޫ އިން ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފި އެވެ. ދިގު މުއްދަތައް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފް ކުރި މި އޮފަރ ތަކަކީ އުރީދޫ ކަސްޓަމަރުންނަށް މި ބޮޑު ޗުއްޓީ އާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފްކުރެވުނު ހާއްސަ އޮފާތަކެކެވެ.
ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް އެޑް-އޯން ތަކާއި އެކު ބޯނަސް ޑޭޓާ!
ބޯނަސް ޑޭޓާ: ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ގެ ބައެއް އެޑް-އޯންތަކާއި އެކު 175 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ އެޑް-އޮން ތަކުގެ ތެރޭގައި އާޗާ ޕެކްތައް ، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނެއެވެ.
ބޮޑު ޗުއްޓީ އަށް ބޮޑު ޑޭޓާ: 50ޖީބީ ގެ ބޯނަސް ޑޭޓާ އާއި އެކު 150 ރުފިޔާއަށް ލިބޭ މި ޕެކާއި އެކު ކަސްޓަމަރުނަށް މިހާރު 150 ޖީބީ 5 ދުވަހަށް ލިބިގެންދާނެއެވެ.
ބޯނަސް ޑޭޓާ އޮފަރ ބައްލަވައިގަނެވޭނީ 31 ޖެނުއަރީ 2025 ގެ ނިޔަލަށެވެ. މި އެޑް-އޯންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެއެވެ:
ދިގު މުއްދަތަށް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް!
ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކަކީ ގިނަ ގިނައިން ރީޗަރޖު ކުރަން ނުޖެހޭނެހެން އެއްފަހަރު އެކްޓިވޭޓްކޮށްގެން މުޅި އަހަރަށް، 6 މަހަށް އަދި 3 މަހަށް ބޭނުންކުރެވޭ ޕްލޭންތަކެކެވެ. މި ޕްލޭންތައް މި އޮފަރ އާއި ގުޅިގެން ވަނީ އިތުރު ޑާޓާއި އެކު އަޕްގްރޭޑް ކުރެވިފައެވެ. އާޗާ ގެ މި ޕްރިޕެއިޑް ޕްލޭންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެއެވެ.
އާޗާ އަހަރީ ޕްލޭން: ދުވާލަކު 1.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް މުޅި އަހަރަށް އެންމެ 2025ރ އަށް. ޖުމްލަ 550 ޖީބީ.
އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 6 މަސް ދުވަހަށް އެންމެ 2025ރ އަށް. ޖުމްލަ 800 ޖީބީ.
އާޗާ 3 މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 3 މަސް ދުވަހަށް އެންމެ 1100ރ އަށް. ޖުމްލަ 400 ޖީބީ.
ބޮޑު ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އުރީދޫއިން ތައާރަފްކޮށްފައިވާ މި ހާއްސަ އޮފަރތަކަކީ އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ، ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލާ، ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓް ގެ ތަޖުރިބާ އެއް ހޯދައިދީ އައު އަހަރާއި ގުޅިގެން ކަސްޓަމަރުންނަށް ފޯރު ކޮށްދިން ހަދިޔާއެކެވެ.
އުރީދޫ މޯލްޑިވްސްއިން އެންމެހައި ބޭފުޅުންނަށްވެސް އުފާވެރި އަދި ބާއްޖަވެރި އައު އަހަރަކަށް އެދެއެވެ.