ބޭންކް އޮފް މޯލްޑިވްސް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް މިރޭ އިފްތިތާހުކޮށްފި އެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އާ ޚިދުމަތްތައް އފްތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަހްމަދު އަލީ ހަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިރޭ އިފްތިތާހުކުރެވުނު 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގަ އެވެ.

70 ރަށެއްގައި ބެހެއްޓި ޑޮލަރު އޭޓީއެމްތަކުގެ ތަފްސީލު:

1. ހއ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

2. ހދ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

3. ށ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

4. ނ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

5. ރ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް

6. ބ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

7. ޅ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

8. ކ. އަތޮޅުގައި 10 ޑޮލަރު އޭޓީއެމް

9. އއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

10. އދ. އަތޮޅުގައި 6 ޑޮލަރު އޭޓީއެމް

11. ވ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

12. ފ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

13. މ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

14. ދ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

15. ތ. އަތޮޅުގައި 4 ޑޮލަރު އޭޓީއެމް

16. ލ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

17. ގއ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

18. ގދ. އަތޮޅުގައި 3 ޑޮލަރު އޭޓީއެމް

19. ޏ. އަތޮޅުގައި 1 ޑޮލަރު އޭޓީއެމް

20. ސ. އަތޮޅުގައި 5 ޑޮލަރު އޭޓީއެމް

ބީއެމްއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހައިން ވާސިލުވެވޭނެ ހިދުމަތެއް ފޯރުކޮށްފިނުމަށެވެ. 2025 ވަނަ އަހަރު ބޭންކުން ވަނީ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފައެވެ. މި މަޝްރޫއަށް ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މިރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ ބީއެމްއެމްގެ އޭޓީއެމް ވިއުގަ އިތުރަށް ފުޅާވެ، ޖުމްލަ އޭޓީއެމްތަކުގެ އަދަދު 338 އަށް ވަނީ އަރައިފައެވެ.

" މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު. އާދެ! މިއީ ރެކޯޑެއް. އަޅުގަނޑުމެން ހޯދި ހޯދުމުން، މިގޮތަށް ސިންކްރޮނައިޒްކޮށް، ދުނިޔޭގައި މިހާތަނަށް، މިއަދަދުގެ ކޭޝް ރީސައިކްލިން އޭޓީއެމްގެ ޚިދުމަތް، އެއްފަހަރާ ފަށާފައިވާކަން ފެންނާކަށް ނެތް." މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސީއީއޯ ޝަރީފު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މުޅި އޭޓީއެމް ނެޓްވާރކަށް 2025 ވަނަ އަހަރު ވަނީ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއޭޓީއެމްތައް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތްކޮށްފައިވެ އެވެ.