ޓްރީ ޓޮޕް ހޮސްޕިޓަލުން މއ. ޗަމްޕާ ވިލާގައި ހިންގާ ޓީޓީއެޗް ކްލިނިކް މާލޭގައި، އެތެރެހަށީގެ ބަލިތަކުގެ ފަރުވާގެ ހިދުމަތް ތައާރަފުކޮށްފި އެވެ.

މި ހިދުމަތް ފެށުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، އުނދަގޫ އަދި ދިގުމުއްދަތަކަށް ފަރުވާ ހޯދަންޖެހޭ ބަލިތަކަށް ބޭނުންވާ ހާއްސަ ފަރުވާ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިންޓާނަލް މެޑިސިން ނުވަތަ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަކީ ބޮޑެތި މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށާއި އެކަށީގެންވާ ފަރުވާ ދިނުމަށް ހާއްސަ ތަމްރީނު ލިބިފައިވާ މާހިރުުންނެވެ.

މާލޭގައި ހުންނަ ޓީޓީއެޗް ކްލިނިކުން މިހާރު ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

ލޭމައްޗަށް ދިއުމާއި، ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަކުރުމަށް ދެވޭ ފަރުވާ.ނޭވާލާ ނިޒާމުގެ ބަލިތައް (މިސާލަކަށް: ނޭވާހީއްލުމާއި ސީއޯޕީޑީ).

ގޮހޮރާއި ފުރަމޭގެ ބަލިތައް.ބޮޑެތި މީހުންނަށް ދިމާވާ އެކި ބަލިތަކަށް ފަރުވާ ދިނުމާއި، އިތުރު ލަފާ ނުވަތަ ދެވަނަ ރައުޔެއް ހޯދުން.މި ކްލިނިކުގައި ޚިދުމަތް ދެއްވާނީ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުންނެވެ. އެ ބޭފުޅުންނަކީ:

ޑރ. މަހްމޫދު އައްބާސް – ކޮންސަލްޓަންޓް އިންޓާނަލް މެޑިސިން

ޑރ. އަމިތު ނަރަޔާނާ ޕިއްލައި – ކޮންސަލްޓަންޓް އިންޓަރނަލް މެޑިސިން

ޑރ. މުހައްމަދު އަސަދު އުރު ރަޙްމާން ޚާން – ސްޕެޝަލިސްޓް އިންޓަރނަލް މެޑިސިންކޮންމެ އާދީއްތަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށް، މި ޑޮކްޓަރުން ބަލިމީހުން ބައްލަވާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ގައުމީ ފެންވަރުގައި ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްތަކަށް އެއްބާރުލުންދީ، ބަލިތަކުން ރައްކާތެރިވެފައިވާ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ނުހަނު އިސްކަންދޭ ހޮސްޕިޓަލެކެވެ.

މިފަދަ ތައުލީމީ ސެޝަންތަކުގެ ސަބަބުން ސިއްހީ ހިދުމަތްތެރިންގެ މައުލޫމާތު އާވެ، މުސްތަގުބަލުގެ ޖީލުތަކަށް ރައްކާތެރި މުޖުތަމައެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ.