މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ފީފާ ވޯލްޑް ކަޕާ ގުޅިގެން ދިރާގުން ތައާރަފްކުރި 'ޖެހީ ލިބުނީ' ޕްރޮމޯޝަންގެ ތެރެއިން ކުރިއަށްދާ 'ޕެނަލްޓީ ޝޯޑައުން' ގޭމް މެދުވެރިކޮށް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އިތުރުކޮށްފި އެވެ.

'ޖެހީ ލިބުނީ'ގައި ބައިވެރިވުމަށް ހަދަން ޖެހޭނެ ގޮތަކީ އެންމެ ފުރަތަމަ ދިރާގު އެޕްލިކޭޝަން ހުޅުވައިލުމަށްފަހު އެ އެޕްލިކޭޝަންގައިވާ 'ޖެހީ ލިބުނީ' ބެނާއަށް ފިތައިލާނީ އެވެ. އެއަށްފަހު ވޯލްޑް ކަޕުގައި ކަސްޓަމަރު ސަޕޯޓުކުރާ ޓީމު އިޚްތިޔާރުކުރާނީ އެވެ. ކަސްޓަމަރު އިޚްތިޔާރުކުރާ ޓީމުން ޖަހާ ކޮންމެ ލަނޑަކަށް މެޗު ނިމުމުން ހިލޭ ޑޭޓާ ލިބޭނެ އެވެ.

ދިރާގުން ބުނީ، މީގެ އިތުރުން ޖެހީ ލިބުނީ ޕްރޮމޯޝަން ނިމިގެން ދިއުމުން، ލީޑާބޯޑުގެ އެއްވަނަ ހާސިލުކުރާ ފަރާތަށް އެއް ޓީބީގެ ސޮނީ ޕްލޭސްޓޭޝަން-5 ސްލިމްއާއި ފުޓްބޯޅަ ގޭމް އީއޭއެފްސީ 26ގެ ބަނޑެއްޔަކާއި ސެމްސަން ބްރޭންޑުގެ އޮޑިސީ ޖީ5ގެ 27 އިންޗީގެ 165 ހާޓްޒްގެ ކިއުއެޗްޑީ ކާލްޑް މޮނީޓަރެއް ލިބޭނެ ކަމަށެވެ.

މިހާރުވެސް 'ޖެހީ ލިބުނީ'ގައިވާ ޕެނަލްޓީ ޝޯޑައުން ގޭމް ކުޅެގެން ލީޑާބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓު އިތުރުކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ޖެހީ ލިބުނީއަކީ ވޯލްޑު ކަޕާ ދިމާކޮށް ދިރާގުން ފެށި "ފޯރިން ގުގުމާލާ" ކެމްޕެއިންގެ ތެރެއިން ހިންގާ ޕްރޮމޯޝަނެކެވެ.

ދިރާގުން ބުނީ، ފޯރިން ގުގުމާލާ ކެމްޕެއިންގެ މަގުސަދަކީ މި ކެމްޕެއިންގެ ތެރެއިން އަގުހުރި އިނާމުތަކާއި އައު ތަޖުރިބާތަކާއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަކަމާއި އުފާވެރި ވަގުތުތައް ގެނެސްދިނުން ކަމަށެވެ.