ބޭންކް އޮފް މޯލްޑިވްސް އިން މޯލްޑިވްސް ހާފް މެރަތަން 2026 (އެމްއެޗްއެމް26)ގެ އެކްސްލޫސިވް ބޭންކިން ޕާޓްނާގެ ގޮތުގައި އައިރަނާސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ދުވުން ބާންވަން ހަމަޖެހިފައި ވަނީ އޮގަސްޓް 14 ވަނަ ދުވަހު އެވެ.
ދެހާހަށް ވުރެ ގިނަ ބައިވެރިންނާއެކު ބާއްވާ މި ދުވުން ކުރިއަށް ދަނީ 8 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. މީގެ ތެރޭގައި ހާފް މެރަތަން، 15 ކިލޯމީޓަރު، 10 ކިލޯމީޓަރު، 5 ކިލޯމީޓަރު ފަން ރަން، 5 ކިލޯމީޓަރު ވީލްޗެއާ ރޭސް، ކިޑްސް މައިލް އަދި ފެމިލީ ރަންތައް ހިމެނެ އެވެ.
މި ދުވުމުގެ ހަރަކާތުގެ އިތުރުން، އައިރަނާސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ އެކްސްޕޯއެއް ހުޅުމާލޭ ރަނިން ޓްރެކް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެކްސްޕޯ ކުރިއަށް ދާނީ އޮގަސްޓް 11 އިން 13 އަށެވެ.
އެމްއެޗްއެމް26 އަށް ރަޖިސްޓާކޮށްގެން ލިބޭ ފައިސާގެ ތެރެއިން ބައެއް ޕްރޮޓެކްޓް ރީފް ކެމްޕޭންގެ ދަށުން މި އަހަރު އެ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ސޭވް ދަ ބީޗް އަށް ހަދިޔާކުރާނެ އެވެ.
އިތުރު މައުލޫމާތު: https://irunnersevents.com/events/maldiveshalfmarathon

