baazaaru.hurihaa.mv
baazaaru.hurihaa.mv
                <height>220</height>
ހުއްޓިފައި އޮތް ވޯޓާ ޕާކް، ރިސޯޓަކާ އެކު އަލުން ތަރައްގީކުރަން ފަށައިފި
                    <description>ނުވަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު، ހުޅުމާލޭގައި ތަރައްގީކުރަން ފެށި ވޯޓާ ތީމް ޕާކުގެ މަސައްކަތް ޒަމާނީ ފެންވަރުގެ ރިސޯޓް ހޮޓަލަކާ އެކު އަލުން ތަރައްގީކުރުމަށް އާ ކުންފުންޏަކާ ހަވާލުކޮށް، މިއަދު މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޖުލައި 2017 ގައި ފެށި މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ މިރީ ހައުސިން ޑިވެލޮޕްމަންޓް ރިއަލްޓީއާ އެވެ. ޖުމްލަ 235 މިލިއަން ރުފިޔާގެ އަގުހުރި މި...</description>
ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްތަކަށް އެމްވީ ޕްލަސް އިން ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް
                    <description>ދިރާގުގެ އިޖުތިމާއީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެމް.ވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި 'ކޯޕަރޭޓް ޗޭންޖްމޭކަރސް' އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.
އެމްވީޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގެ "ކޯޕަރޭޓް ޗޭންޖްމޭކާސް" އެވޯޑަކީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަށް މުހިންމު އަހައްމިއްޔަތުކަމެއްދީ، މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގުވަޒަންކުރުމަށް...</description>
ބޮޑު ގެއްލުމެއްވެ މަންޓާ އެއާގެ އޭޓީއާރު ދަތުރުތައް ހުއްޓާލައިފި
                    <description>ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން އަންނަ އަމިއްލަ އެއާލައިން، މަންތާ އެއާގެ އެތެރޭގެ އުދުހުންތައް އެއްކޮށް ހުއްޓާލައި، އެ އެއާލައިންގެ އޭޓީއާރު ފްލީޓްގެ ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފި އެވެ.
އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު މައުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ބުނެފައިވާގޮތުގައި، ވަޒީފާއާ ބެހޭ ގާނޫނާއި ރިޑަންޑަންސީ ގަވާއިދުގެ ދަށުން އޭޓީއާރު ފްލީޓްގެ ހުރިހާ ޕައިލެޓުން ވަނީ މިދިޔަ ހަފުތާއިން...</description>
ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން މި އަހަރު ވެސް ހާސިލުކޮށްފި
                    <description>ދިރާގުން "ގްރޭޓް ޕްލޭސް ޓު ވޯކް" ސެޓިފިކޭޝަން މި އަހަރު ވެސް ހާސިލުކޮށް، އެ ކުންފުންޏަކީ މުވައްޒަފުންގެ ތަޖުރިބާއާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އަދި ހުރިހާ މުވައްޒަފުން ޝާމިލުވާ، މުވައްޒަފުންގެ ބޭނުންތަކަށް އިސްކަންދޭ ސަގާފަތެއް އޮތް ކުންފުންޏެއްކަން ސާބިތުކޮށްދީފި އެވެ.
ގްރޭޓް ޕްލޭސް ޓު ވޯކް ސެޓިފިކޭޝަންއަކީ މުވައްޒަފުންގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މިންގަނޑުތަކަށް ފެތޭ ކުންފުނިތަކަށް ދޭ ސެޓިފިކޭޝަނެކެވެ. މި ސެޓިފިކޭޝަނަކީ "ޓްރަސްޓް އިންޑެކްސް ސާވޭ" ގެ...</description>
އެސްއެމްއީ ޑިޖިޓަލް އިން ކ. ގުރައިދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ
                    <description>އެސްއެމްއީ ޑިޖިޓަލް އިން ކ. ގުރައިދޫގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެނދިއުމަށްވަނީ ނިންމައިފި އެވެ.
ރާއްޖޭގައި ހިންގާ ކުދި ވިޔަފާރިތަކަށް މާލީ ގޮތުން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އެސްއެމްއީ ޑިޖިޓަލް އިން ދަނީ ރާއްޖޭގެ އެކި އަތޮޅުތަކުގައި އެންގޭޖްމަންޓް ސެޝަންތައް ކުރިއަށް ގެންދަމުންނެވެ.
26 ނޮވެމްބަރުގައި ކ. ގުރައިދޫގައި ބާއްވާ އެންގޭޖްމަންޓް ސެޝަން ކުރިއަށްދާނީ އެސްއެމްއީ ޑިޖިޓަލް އޮޑިންރަށަށް ރޭސް އެކްސްޕޯއާ އެކުގައި އެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ...</description>
އެމްއެމްއޭ ފިންލިޓް ފެސްޓް ހއ. ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި
                    <description>މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފިންލިޓް ފެސްޓް ރަށްރަށަށް ޕްރޮގްރާމްގެ ތެރެއިން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ އުތުރުން ހއ.ގެ 6 ރަށެއްގައި ކާމިޔާބު ކަމާއެކު ފިންލިޓްގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފި އެވެ. މިއީ މާލީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، އިގްތިސާދީ ތައުލީމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް ރަށްރަށުގައި މިހައި ފުޅާ ދާއިރާއެއްގައި މި ހަރަކާތްތައް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.
22-20 ނޮވެންބަރަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެމްއެމްއޭގެ ޓީމުން...</description>
ވީއައިއޭގެ އާ ޓާމިނަލްގައި 35 އީ-ގޭޓް ހަރުކޮށް، ފަތުރުވެރިންނަށް ހިދުމަތް ދޭން ފަށައިފި
                    <description>ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި 35 "އީ-ގޭޓް" ހަރުކޮށް، ފަތުރުވެރިންނަށް ވެސް އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
މީގެ ކުރިން އީ-ގޭޓް މެދުވެރިކޮށް ހިދުމަތް ދެމުން އައީ ހަމައެކަނި ދިވެހިންނަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި ހަރުކުރި ގޭޓްތަކުގެ ތެރެއިން 20 ގޭޓް ހާއްސަކޮށްފައިވަނީ އެރައިވަލް އަށެވެ. އަދި ބާކީ 15 ގޭޓް ހަރުކޮށްފައިވަނީ ޑިޕާޗާގަ އެވެ. މި ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި...</description>
މަސްދަޅު ކޭސް ބަހަން އަންނަ އަހަރަށް 86.8 މިލިއަން ރުފިޔާ ކަނޑައަޅައިފި
                    <description>ރޯދަ ހަދިޔާގެ ގޮތުގައި ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމަށް ސަރުކާރުން ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފޮތުން ދައްކައިފި އެވެ.
ބަޖެޓު ފޮތުގައި ހިމަނާފައިވާ މެދުރާސްތާގެ އަންދާޒާތަކަށް ބަލާއިރު، އަންނަ އަހަރުގެ ރޯދަ މަހު މަސްދަޅު ކޭސް ބެހުމަށް 86.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި 2028 ވަނަ އަހަރު...</description>
ދިއްގަރުގައި ހިންގި "ސަސްޓެއިނަބަލް އާބަން ފާމިން" މަޝްރޫއު ނިންމާލައިފި
                    <description>ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑުގެ އެހީގައި، މ. ދިއްގަރުގައި ކުރިއަށްގެންދިޔަ "ސަސްޓެއިނަބަލް އަރބަން ފާމިންގ ކޯޕަރޭޝަން މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލައިފިކަން އެ ބޭންކުން އިއުލާނުކޮށްފި އެވެ.
ބީއެމްއެލް އިން ފޯރުކޮށްދިން 200,000 ރުފިޔާގެ މާލީ އެހީތެރިކަމާއެކު "ދިއްގަރު އެކުވެރި ޒުވާނުންގެ ގުޅުން" ޖަމިއްޔާއިން ހިންގި މި މަޝްރޫއަކީ، ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާމިން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމުގެ މަގްސަދުގައި...</description>
ފޮނަދުއާއި ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގަން ބީލަމަށް ހުޅުވާލައިފި
                    <description>ރާއްޖޭގެ ފަތުރުވެރިކަން ލާމަރުކަޒީކޮށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ލ. ފޮނަދޫ އަދި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފި އެވެ.
އެ ވުޒާރާއިން އިއްޔެ އާންމުކުރި އިއުލާނުތަކުގައި ބުނެފައިވާ ގޮތުގައި، ތިމަރަފުށީގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ. އަދި ފޮނަދޫގައި ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް...</description>
މިއަދުން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ހުއްޓާލައިފި
                    <description>މިދިޔަ މަހުން ފެށިގެން ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ނަގަން ފެށި ޖީއެސްޓީ އުވާލުމަށް މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ހިމެނޭހެން، ޓެކުހާ ގުޅޭ ތިން ގާނޫނަކަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމުން ފާސްކޮށް، ރައީސް މިއަދު ތަސްދީގުކުރެއްވީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ތިންވަނަ އިސްލާހާއި، މުދަލާއި ހިދުމަތުން...</description>
ގަވާއިދާ ޚިލާފުވި ތިން މަނީ ޗޭންޖަރެއްގެ ލައިސަންސް ސަސްޕެންޑްކޮށްފި
                    <description>މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ތިން މަނީ ޗޭންޖަރެއްގެ ލައިސަންސް ސަސްޕެންޑް ކަމަށް އެމްއެމްއޭ އިން މިއަދު ބުނެފި އެވެ.
ލައިސަންސް ސަސްޕެންޑް ތިން ތަނަކީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް، މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް އަދި މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް ކަމަށް މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.
މީގެ އިތުރުން އެތަންތަން އެމްއެމްއޭ އިން ވަނީ ޖޫރިމަނާ ވެސް ކޮށްފަ...</description>
އެމްއެމްއޭ ފިންލިޓް ފެސްޓް ހަރަކާތްތައް ރަށްރަށަށް، މިފަހަރު ހއ. އަތޮޅުގައި
                    <description>މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް ލިޓްރަސީ ފެސްޓިވަލްގެ ހަރަކާތްތައްމިމަހު ހއ. އަތޮޅުގައި ބާއްވާނެ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭ ފިންލިޓް ފެސްޓް 2026ގެ ދަށުން، ތިލަދުންމައްޗަށް ކުރާ މި ދަތުރުގައި އެ އަތޮޅުގެ ހަ ރަށަކަށް އެމްއެމްއޭގެ ޓީމުތަކުން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ދިއްދޫ، ވަށަފަރު، ކެލާ، އުތީމު، ފިއްލަދޫ އަދި މުރައިދޫ އެވެ.
އެމްއެމްއޭއިން ބުނި ގޮތުގައި ފިންލިޓް ފެސްޓް 2026 ގެ ހއ. ދަތުރު އޮންނާނީ...</description>
ހިންގުމުގެ ހަރަދުތައް އިންތިހާއަށް އުފުލި، ބަޖެޓް ޑެފިސިޓް 3.8 ބިލިއަން ރުފިޔާއަށް
                    <description>މި އަހަރު ދައުލަތަށް ލިބުނު އާމްދަނީއަށް ކުރިއެރުމެއް އައި ނަމަވެސް، ދައުލަތް ހިންގުމުގެ ހަރަދުތައް އެއަށްވުރެ ދެގުނަ ބާރުމިނެއްގައި މައްޗަށް ދިއުމާ ގުޅިގެން، ދައުލަތުގެ ބަޖެޓް ޑެފިސިޓް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ތިންގުނައަށް ބޮޑުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މި...</description>
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
                    <description>ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓް" މަޝްރޫއުގެ މައި އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އަބޫދާބީގެ "ސާހް ގުރޫޕް ފޯ ޓެކްނިކަލް ސާވިސަސް" (ސާހް ގުރޫޕް) އާ ދެމެދުގަ އެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު...</description>
އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި މި އަހަރު މަޝްވަރާކުރާނީ ރާއްޖޭގެ އިގްތިސާދާ ބެހޭގޮތުން
                    <description>އެމްއެމްއޭގެ ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ މަހު 5-7 ޑިސެންބަރަށް ބާއްވަން ނިންމައިފި އެވެ.
ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވާ މި ހާއްސަ ކޮންފަރެންސްގައި ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރާއްޖެއިން އިގްތިސާދީ އަދި މާލީ ހަމަޖެހުން ދަމަހައްޓާނެގޮތުގެ މަޝްވަރާތައް ކުރާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
ރިސާޗް ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި...</description>
ޕެންޝަން ފަންޑު 30 ބިލިއަން ރުފިޔާއަށް އަރައިފި
                    <description>ދިވެހިރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރު ކަމުގައިވާ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމްގެ ދަށުން ބަލަހައްޓަމުންދާ ފަންޑުގެ ޖުމްލަ އަގު، މި އަހަރުގެ ތެރޭގައި 30 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރައިފި ކަމަށް ޕެންޝަން އޮފީހުން ހާމަކޮށްފި އެވެ.
މިކަން ހާމަކުރެއްވީ މިއަދު ފެށުނު 13 ވަނަ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެ އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޔަޒްމީދު މުހައްމަދެވެ.
ޔަޒްމީދު ވިދާޅުވި...</description>
ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން ހާމަކޮށްފި، ރެއިންބޯ ވެސް ހިމެނޭ
                    <description>ޓެކުހުގެ ފައިސާ ނުދައްކާ އަދަދު އެއް މިލިއަން ރުފިޔާ އަށްވުރެ އިތުރުވެފައިވާ 25 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާއިން އާއްމު ލިސްޓްގައި މަޝްހޫރު ވިޔަފާރި ކުންފުނި ރެއިންބޯ އެންޓަ ޕްރައިސަސް ހިމެނެ އެވެ. މީގެ އިތުރުން ވަގުތު ނޫސް ހިންގާ ވަގުތު މީޑިއާ ޕްރައިވެޓް ލިމިޓެޑް ވެސް އެ ލިސްޓްގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ހދ. ކުޅުދުއްފުށީ މިތުރު ގްރޫޕް ޕްރައިވެޓް...</description>
"ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ވިޔަފާރިތަކަކަށް ހަމަހަމަކޮށް އަމަލުކުރަން"
                    <description>ޓެކްސް ގާނޫނުތައް ތަންފީޒުކުރުމާއި ޓެކްސް ދައްކާ ފަރާތްތަކުން ޒިންމާ އަދާކުރާކަން ކަށަވަރުކުރުމުގައި ވިޔަފާރީގެ ބާވަތަށް ނުވަތަ ކުޑަބޮޑުމިނަށް ބެލުމެއް ނެތި ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒުކުރަމުންދާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާއިން މިހެން ބުނީ ރިސޯޓްތަކުން ވެސް ޓެކްސް ދައްކާގޮތް ބެލުމަށް މީރާ އިން މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން މީރާއިން...</description>
މިދިޔަ މަހު މީރާއަށް ބަލައިގަތީ 2.28 މިލިއަން، އޭގެތެރޭގައި 1.3 ބިލިއަން ޑޮލަރު ހިމެނޭ
                    <description>މިދިޔަ އޮކްޓޫބަރު މަހު މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ 2.28 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %11.8 އިތުރު އަދަދެކެވެ. އަދި މި އަދަދަކީ އޮކްޓޫބަރު 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %12.9 އިތުރު އަދަދެއް ކަމަށް ވެސް މީރާ އިން ބުންޏެވެ.
އޮކްޓޫބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮކްޓޫބަރު 2026 ގައި ލިބިފައިވާ އާމްދަނީ...</description>