އަވަށްޓެރި އިންޑިއާ އިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކަން ނިންމައިފި އެވެ.
މިއީ މިއަހަރުގެ އޮގަސްޓް މަހުގެ 1-4 އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރާއި އެކު ކުރެވުނު މަޝްވަރާއެއްގެ ނަތީޖާ އެވެ.
އެ ފައިސާ މިއަދު ވަނީ ސަރުކާރާ ހަވާލުކޮށްފަ އެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި 'ސިމްބޮލިކް' ޗެކާ ހަވާލުވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަފުޅު ދެއްކެވިއެވެ.
އެ ރަސްމިއްޔާތުގައި އިންޑިޔާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް. ޖައިޝަންކަރް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.
100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެނެވެ.