ދިރާގުގެ "ސަޅި 28 ޑޭސް" އެޑް-އޮންއާއެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 4ޖީބީ ޑެއިލީ ޑޭޓާ ލިބޭނެ ގޮތް ހަމަޖައްސައިދި އެވެ.

ދިރާގުން ބުނިގޮތުގައި މި އެޑް-އޮން އެންމެ 595 ރުފިޔާ އަށް ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ޖުމްލަ 112 ޖީބީ 28 ދުވަހުގެ މުއްދަތަކަށް ލިބޭނެ އެވެ.

"ސަޅި 28 ޑޭސް" އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް "S3GB28" ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެން ވެސް އެކްޓިވޭޓްކުރެވޭނެ އެވެ.

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި މުއްދަތު އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭންއިން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.