ދުނިޔޭގެ އެންމެ މަޝްހޫރު ސްޕީޑް ޓެސްޓް ހަދާ ކުންފުނި، "އޫކްލާ" އިން ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވޯކްގެ އެވޯޑު ދިރާގަށް ދީފިއެވެ.

ދިރާގަށް ވަނީ 2021 ވަނަ އަހަރު ވެސް މި އެވޯޑް ލިބިފަ އެވެ.

އެ ކުންފުނިން ބުނިގޮތުގައި އޫކްލާގެ އެންމެ ފަހުގެ ސްޕީޑް ޓެސްޓު ރިޕޯޓްއިން ދައްކާގޮތުގައި ދިރާގުން ވަނީ 2022 ވަނަ އަހަރުގެ އެންމެ ހަލުވި ސްޕީޑް ހޯދައި ރައްޖޭގެ މޮބައިލް މާކެޓް ލީޑަރުގެ މަގާމު ހޯދާފަ އެވެ. މިގޮތުން ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުގައި 100 ޕަސެންޓް މޮބައިލް 4ޖީ ކަވަރޭޖް ފުޅާކޮށް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަކީ ވެސް ދިރާގެވެ.

މިގޮތުން މި ބައިނަލްއަގުވާމީ އެވޯޑަކީ ދިރާގުގެ ދިގު ޚިދުމަތުގެ ތާރީހުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ އެފަރާތްތަކަށް މި ބިނާކުރަމުންދާ "ޑިޖިޓަލް ފިއުޗަ" އަށް ތައްޔާރުވުމަށް ކޮށްދެމުންދާ މަސައްކަތުގެ ހެއްކެއް ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުން ފާގަތިކޮށް، ހަރުދަނާ އަދި ބާރުވެރި ޑިޖިޓަލް މުޖުތަމައުއެއް ބިނާކުރުމަށެވެ.