ކްރިކެޓްގެ ދުނިޔޭގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތް، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މާދަމާ ރޭ ފެށޭނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓުން ބުނީ އަންނަ މެއި 28ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފޯރިގަދަ ކްރިކެޓް މެޗުތައް ލައިވްކޮށް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް އެ ކުންފުނިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ.
އައިޕީއެލްއަށް ޚާއްސަކޮށްގެން މީޑިއާނެޓުން ވަނީ "އައިޕީއެލްޕެކް"ގެ ނަމުގައި މީޑިއާނެޓުގެ މޯބައިލް އެޕްލިކޭޝަނަށް ޚާއްސަ ޕެކޭޖެއް ތަޢާރަފްކޮށްފަ އެވެ. އައިޕީއެލްގެ ހުރިހާ މެޗެއް ފެނިގެންދާނީ މި ޕެކޭޖުގައި ހިމެނޭ އައިސް އެކްސްޓްރާ ޗެނަލުން ކަމަށް މީޑިއާނެޓުން ބުނެ އެވެ. ޖުމްލަ 5 ޗެނަލް ހިމެނޭ މި ޕެކޭޖުގެ އަގަކީ އެންމެ 50 ރުފިޔާ އެވެ. މި ޕެކޭޖް މީޑިއާނެޓްގެ ކުއިކް ޕޭ މެދުވެރިކޮށް ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އައިޕީއެލް ފާހަގަކޮށްލެވެނީ ދުނިޔޭގެ އެކި ގައުމުތަކުގެ އެންމެ ހުނަރުވެރި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާ މުބާރާތެއްގެ ގޮތުގަ އެވެ. އިންޑިއާގެ ސްޓޭޓްތަކަށް ނިސްބަތްވާ ފްރެންޗައިޒް 10 ޓީމެއް މިއަހަރުގެ މުބާރާތުގައި ފެނިގެންދާނެ އެވެ. 20 އޯވަރު އުސޫލުން ޖުމްލަ 74 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އިންޑިއާއަށް އުފަން އަދި އެހެން ގައުމުތަކުގެ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ވެސް ވަނީ ފުރުސަތުދީފަ އެވެ.
މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ މުބާރާތުގައި އަލަށް ބައިވެރިވި ގުޖުރާތު ޓައިޓަންސްގެ ޓީމެވެ. މު މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިއާގެ މުމްބާއީއަށް ނިސްބަތްވާ މުމްބާއީ އިންޑިއަންސްގެ ޓީމެވެ. ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިން ކަމަށްވާ އިންޑިއާގެ ވިރާޓް ކޯލީ، އޮސްޓްރޭލިއާގެ ޑޭވިޑް ވާނާ، ސައުތު އެފްރިކާގެ ކުއިންޓަން ޑި ކޮކް، އިނގިރޭސިވިލާތުގެ ސޭމް ކުރަން އަދި ވެސްޓް އިންޑީޒްގެ އަންޑްރޭ ރަސެލް މިއަހަރުގެ މުބާރާތުގައި ވެސް ކުޅޭކަން ފާހަގަކޮށްލެވެ އެވެ.
މީޑިއާނެޓުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ފޯރިގަދަ ކުޅިވަރު މުބާރާތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ދުނިޔޭގެ ކްރިކެޓް މުބާރާތެއް މީޑިއާނެޓުގެ އައިސް ނެޓްވޯކް މެދުވެރިކޮށް ގެނެސްދޭ ފުރަތަމަ ފަހަރެވެ. އައިޕީއެލްގެ ހުރިހާ މެޗެއް ވަގުތުން އައިސް އެކްސްޓްރާ ޗެނަލް މެދުވެރިކޮށް ބަލާލެވޭނެ އިރު, މިއީ ދިވެހި ޗެނަލަކުން ދުނިޔޭގެ މަގްބޫލު ކްރިކެޓް މުބާރާތެއް ގެނެސްދޭ ފުރަތަމަ ފަހަރުކަން މީޑިއާނެޓުން ފާހަގަކުރެ އެވެ.
މީޑިއާނެޓްގެ އެމްއެސްއެޕް ޑައުންލޯޑް ކުރުމަށް https://tve.medianet.mv/ ލިންކަށް ފިތާލާށެވެ.