ޔުނިލީވާގެ މަޝްހޫރު "ޕިއާސް"ގެ އުފެއްދުންތައް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އެފްއެމްސީޖީގެ ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދޭ މަޝްހޫރު ކުންފުނި، ބީބީއެމް އިން ވަނީ، ކުޑަކުދިންގެ ހަމަށް ހާއްސަކޮށްގެން ތައްޔާރުކުރާ "ޕިއާސް" ބްރޭންޑްގެ އުފެއްދުންތައް ތައާރަފުކުރުމުގެ ގޮތުން ހޯލްސޭލް އަދި ރީޓެއިލް ޕާޓްނަރުންނަށް ހާއްސަކޮށްގެން ކޯޕަރޭޓް ރޯދަ ވީއްލުމެއް ބާއްވައިފަ އެވެ.

ބީބީއެމް އިން ބުނިގޮތުގައި ސީ ހައުސް މޯލްޑިވްސްގައި ބޭއްވި މި ހަރަކާތުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޔުނިލީވާގެ ކުޑަކުދިންނަށް ހާއްްސަ "ޕިއާސް" ބްރޭންޑް ތައާރަފް ކުރުމެވެ.

ތުއްތު ކުދިންނަށާއި ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ "ޕިއާސް" ބްރޭންޑްގެ ސައިބޯނި، ކްރީމް، ކޮލޯން، ތެޔޮ، ޝޭމްޕޫ އަދި ބޮޑީ ވޮޝް ފަދަ އުފެއްދުންތައް އެކި ކެޓަގަރީތަކުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޔުނިލީވާގެ މަޝްހޫރު ޕިއާސްގެ އުފެއްދުންތައް ތައާރަފުކުރުމުގެ ގޮތުން ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ބޭއްވި ރޯދަ ވީއްލުމުގައި އެ ކުންފުނީގެ ހޯސޭލް އަދި ރީޓޭލް ކަސްޓަމަރުން ބައިވެރިވަނީ. ފޮޓޯ: ބީބީއެމް

ބީބީއެމްގެ ހެޑް އޮފް ސޭލްސް - ރީޓެއިލް މުކްސިތު ހުސައިން ވިދާޅުވީ މި ހަރަކާތުގެ ބޭނުމަކީ ރީޓެއިލް ވިޔަފާރީގެ ޕާޓްނަރުންގެ ފަރާތުން އެ ބްރޭންޑަށް ލިބޭ އެއްބާރުލުމުގެ އަގު ވަޒަންކުރުން ކަމަށެވެ.

"މިކަހަލަ މުހިންމު ބައިވެރިންތަކެއް ކޮންމެ ފަދަ ދަނޑިވަޅެއްގައި ވެސް އަޅުގަނޑުމެންނާ އެކީގައި ތިއްބެވީތީ އުފާކުރަން. އަދި އަޅުގަނޑުމެންނާއެކު ތިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް، މި ހަރަކާތުގެ އެންމެ މުހިންމު އެއް ކަމަކީ އެ ފަރާތްތަކަށް ޝުކުރު އަދާކުރުން،" އޭނާ ވިދާޅުވި އެވެ.

ބީބީއެމް އިން ބުނިގޮތުގައި މި ހަރަކާތް ކުރިޔަށް ދިޔައީ ވަރަށް ކާމިޔާބުކަމާއެކު އެވެ. އަދި އެ ކުންފުނީގެ ޕާޓްނަރުންނާ ގުޅުން ބަދަހިކޮށް ޔުނިލީވާގެ ޕިއާސް ބޭބީގެ އެކްސްކްލޫސިވް ފަސްޓްލުކް ވެސް ދިން ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޔުނިލީވާގެ މަޝްހޫރު ޕިއާސްގެ އުފެއްދުންތައް ތައާރަފުކުރުމުގެ ގޮތުން ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) އިން ބޭއްވި ރޯދަ ވީއްލުމުގައި އެ ކުންފުނީގެ ހޯސޭލް އަދި ރީޓޭލް ކަސްޓަމަރުން ބައިވެރިވަނީ. ފޮޓޯ: ބީބީއެމް

ބީބީއެމް އިން އަންނަނީ އެކުންފުނީގެ އުފެއްދުންތައް ތައާރަފުކޮށް އަދި ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.