މިފަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި އީދު ދުވަހުގެ ސުފުރާމަތީގެ ފޮޓޯ ފޭސްބުކްގައި ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު, ކަރަންޓް ކުންފުނި ސްޓެލްކޯއިން ހުޅުވާލައިފި އެވެ.
ސްޓެލްކޯއިން ބުނީ އީދު ދުވަހު ސުފްރާމަތީގެ ފޮޓޯ ނަގައި ފޭސްބުކްގައި ޕޯސްޓްކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން ތިން ފަރާތަކަށް ފައިސާގެ އިނާމްތައް ކަނޑައެޅިފައިވާކަމަށެވެ.
އެއްވަނައަށް ހޮވޭ މީހަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. ދެވަނައަށް ހޮވޭ މީހަކަށް 3000 ރުފިޔާ އަދި ތިން ވަނައަށް ހޮވޭ މީހަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.
ފޭސްބުކްގައި ޕޯސްޓް ޝެއާ ކުރާއިރުމަށް ކަނޑައެޅިފައިވާ ހޭޝްޓެގަކީ #stelcoeidmalaafaiy
ސްޓެލްކޯއިން ބުނީ، ވަނަތައް ދޭއިރު ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއާއަށް ކަމަށާއި، ވަނަތައްދޭއިރު، ބަލާނީ އެންމެ ގިނަ ލައިކް އަދި ޝެއާ ކުރާ ޕޯސްޓައްކަމަށެވެ.
ފޮޓޯ ޕޯސްޓް ކުރެވޭނީ 1444 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމަޔަށްކަމަށް ސްޓެލްކޯއިން ބުންޏެވެ.