މި މަހުގެ 27، ވަނަ ދުވަހުން ފެށިގެން ޑަސްބިން ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދޭން މަޝްވަރާކުރެވިފައި ވަނީ ކަޅު އަދި ފެހި ކުލައިގެ ތިން ސައިޒެއްގެ ކޮތަޅު ކަމަށެވެ. އެއީ 11-17، 28-27، 36-48 އިންޗީގެ ކޮތަޅެވެ.
މިގޮތުގެމަތިން ކުނި އުކާލުމުގައި ކުނިވާޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި، ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި، ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން ވަނީ އެދިފަ އެވެ.
ކުނި މެނޭޖު ކުރުމުގެ ގާނޫނުގެ ދަށުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ކޮންމެ ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާ ނަގަން ފެށުމުން އާންމުން ވަނީ ކަންބޮޑުވުންފާޅުކުރަން ފަށައިފަ އެވެ. އާއްމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ ކުނި އަޅަން ބޭނުންކުރާ ކޮންމެ ކޮތަޅަކަށް ދެ ރުފިޔާ ދައްކަން ޖެހޭތީ އެވެ.
ވެމްކޯއިން ބުނީ އެ ކުންފުނިން ތައާރަފްކުރާ ކޮތަޅު އެ ކޯޕަރޭޝަންގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުގެ ކަސްޓަމާ ފްރަންޓް އޮފީސް ތަކުން، މިމަހުގެ 27 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ވެމްކޯއިން ތައާރަފްކުރާ ކޮތަޅު ހަމައެކަނި ކުނި އުކާލުމުގައި ބޭނުން ކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެ އެވެ.
ކޮތަޅު ވިއްކާނެ އަގުތަކާއި އެކަމާއި ގުޅޭ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އާއްމު ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ތިޔަ އުޅުއްވަނީ އިޚްލާސްތެރި ކަމާއިއެކު ޕްލާސްޓިކް މަދު ކުރަން ކަމުގައިވާނަމަ، އެންމެ ފުރަތަމަ ހުޅުމާލޭގައި މި ހިންގާ ފެކްޓަރީތަކުގައި އަދަދެއް، ބޯތުނިމިނެއް، ސައިޒެއް ބެލުމެއްނެތި، ހަދަމުން މުޅި ރާއްޖޭގެ ބާޒާރަށް ނެރެމުން މިދާ ކޮތަޅުތައް ހުއްޓުވާށެވެ. ރެޑީމޭޑް ކޮތަޅު އިމްޕޯރޓް ކުރާއިރު 400 ޕަރސަންޓް ޑިޔުޓީ ނަގާއިރު މިފެކްޓަރީ ތަކުން ރޯމެޓީރިއަލް އެތެރެ ކުރަނީ އެންމެ 25 ޕަސަންޓް ޑިޔުޓީ ދީގެންނެވެ. އަދި މިފެކްޓަރީ ތަކުގައި ހެދޭ ކޮތަޅުގެ ބޯމިން ނުވަތަ ސައިޒް ބަލާނެ އެއްވެސް ފަރާތެއް ނެތެވެ. އަދި ބ