ދިވެހިންނަކީ ނިސްބަތުން ޓީވީ އާއި ޓީވީއިން ދައްކާ ކުޅިވަރު އަދި ޑްރާމާތަކާއި ޚާއްސަ ގަޔާވުމެއް ހުންނަ ބަޔެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޭބަލް ޓީވީ ޚިދުމަތް ފޯރުކޮށްދޭ މީޑިއާނެޓު މެދުވެރިކޮށް ދިވެހިން ވަނީ މުނިފޫހިފިލުވުމުގެ ދުނިޔެއަކަށް ވާސިލްވެފަ އެވެ. މެދުކެނޑުމެއްނެތި ފިލްމާއި ޑްރާމާ، ކާރޓޫން އަދި ކުޅިވަރުގެ ޕްރޮގްރާމްތަކާއި ލައިވް މެޗުތަކަށް ދިވެހިންނަކީ ޚާއްސަ އިސްކަމެއްދީގެން ވަގުތު ހުސްކުރާ ބައެކެވެ.
މީޑިއާނެޓުގެ ސަބްސްކްރިޕްޝަނެއް ނަގައިގެން 30 ދުވަހުގެ މުއްދަތަކަށް ޗެނަލްތަކާއި އޭގެން ދައްކާ ޕްރޮގްރާމްތައް ޓީވީ އަދި އެމްއެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ވެސް ބަލާލެވެ އެވެ. ނަމަވެސް އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުގެ ތެރެއިން އެހެން ޚިދުމަތްތަކެކޭ ވެސް އެއްފަދައިން މީޑިއާނެޓުގެ ސަބްސްކްރިޕްޝަން ކެނޑުމުގެ ކުރިން ކުރިއަށް އޮތް މަހަށް ފައިސާ ދައްކަން ހަނދާން ނެތޭ ތަން އަންނަނީ މަދު ފަހަރަކު ނޫނެވެ.
މީގެ ނަތީޖާއަކީ ބައެއްފަހަރު މެޗުގެ އެންމެ ފޯރިގަދަ ވަގުތު ނުވަތަ ހިންދީ ޑްރާމާއެއްގެ އެންމެ ސަސްޕެންސް ބޮޑު ގަޑީގައި ޚިދުމަތް ކެނޑިގެންދިއުމެވެ. މިއަދު މިވަނީ މިކަމަށް ވެސް ބޮޑު ހައްލެއް ލިބިފަ އެވެ.
މި އަހަރު މީޑިއާނެޓުން ތަޢާރަފްކުރި އޮޓޯ – ރިނިއުވަލް ޚިދުމަތަކީ މުނިފީހުފިލުވުން މެދުކެނޑުމެއްނެތި ކުރިއަށް ދިޔުމަށް އޮތް ދާއިމީ ހައްލެކެވެ. ކޮންމެ މަހަކު ވަކިން މީޑިއާނެޓުގެ ޚިދުމަތައް ފައިސާ ދެއްކުމުގެ ބަދަލުގައި އެންމެ ފަހަރަކު އޮޓޯ ރިނިއުވަލްއަށް ސަބްސްކްރައިބް ކޮށްލުމުން މީޑިއާނެޓުގެ މުނިފޫހިފިލުވުމުގެ ދުނިޔެ ހުއްޓުމެއްނެތި ލިބެމުންދާނެ އެވެ.
ދުނިޔޭގެ ބޮޑުތި ކުންފުނިތައް ކަމަށްވާ ނެޓްފްލިކްސް އަދި އެމޭޒަން ޕްރައިމްއެކޭ އެއްފަދައިން އެންމެ ފަހަރަކު ބޭނުންކުރާ ފަރާތުގެ މަޢުލޫމާތު ޙިއްސާކޮށްލީމަ ދެން ހާސްވާކަށް ނުޖެހެއެވެ.
އޮޓޯ ރިނިއުވަލް ޚިދުމަތައް ރަޖިސްޓަރ ކުރުން ވަރަށް ފަސޭހަ އެވެ.
1 – މީޑިއާނެޓުގެ ކުއިކް ޕޭ ޕޯޓަލްއަށް ޒިޔާރަތްކޮށްލައްވާ މީޑިއާނެޓް އެކައުންޓް އާއި ބެހޭ މަޢުލޫމާތު ޖައްސަވާ
2 – މިހާރު ހިނގަމުންދާ ޕެކޭޖާއެކު އަބަދުވެސް ކުރިއަށް ދިއުމަށް ނުވަތަ އިޚްތިޔާރުކުރާ ޕެކޭޖެއް ނަންގަވާ
3 – "އޮޓޯ ރިނިއު މައި ސަބްސްކްރިޕްޝަން" އަދި "ޓާމްސް އެންޑް ކޮންޑިޝަންސް" ގައި ހެޔޮ ފާހަގަ ޖައްސަވާ
4 – އީ މެއިލް އެޑްރެސް ޖެއްސެވުމަށްފަހު އީމެއިލް އެޑްރެސްއަށް ލިބިލައްވާ އޯޓީޕީ ޖައްސަވާ
5 – ބެންކް އޮފް މޯލްޑިވްސް ގެ ޕޭމަންޓް ގޭޓްވޭ އިން ފައިސާ ދައްކަވާ
މިހާ ހިސާބުން ދެން އިތުރަށް މިކަމާ މެދު ވިސްނާކަށް ނުޖެހޭނެ. 30 ދުވަސް ހަމަވުމުން އޮޓޯ އިން އަނެއްކާވެސް ސަބްސްކްރިޕްޝަން އާ ވެގެންދާނެ އެވެ.
މީޑިއާނެޓުން އަންނަނީ އަބަދުވެސް ޚިދުމަތް ހޯދޭނެ ފަހި އަދި ފަސޭހަ ގޮތްތަކެއް ދިވެހިންނަށް ހޯދައިދެމުންނެވެ. ކުރިއަށް އަންނަން ހުރި ދުވަސްތަކުގައި ތަފާތު ޝައުގުވެރި ޕްރޮގްރާމްތަކެއް ތާވަލްކުރެވިފައިވާއިރު، މި ޚިދުމަތަކީ މީޑިއާނެޓުގެ ޗެނަލްތަކުން ދައްކާ ޕްރޮގްރާމްތައް ނުގެއްލޭނެކަން ޔަގީންކުރުމަށް ލިބިގެންދާނެ ފުރުސަތެއް ކަން ޔަގީނެވެ.