ރާއްޖޭގައި އެންމެ ބޮޑު ޓީވީ ޚިދުމަތް ފޯރުކޮށްދޭ ފަރާތް، މީޑިއާނެޓަކީ އެ ފަރާތުގެ ޗެނަލް ލައިނަޕުގައި ހުރިހާ އުމުރެއްގެ ފަރާތްތަކާއި ގުޅޭ އަދި ގަޔާވާ ޗެނަލްތަކާއި ޕްރޮގްރާމްތައް ގެނެސްދިނުމަށް ޚާއްސަ އިސްކަމެއްދޭ ފަރާތެކެވެ.
ކުޅިވަރާއި މުނިފޫހިފިލުވުމުގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޗެނަލްތަކާއި ޕްރޮގްރާމްތައް މީޑިއާނެޓު މެދުވެރިކޮށް ޓީވީ އިން ބަލާލެވެ އެވެ. އެގޮތުން ކާޓޫން ނެޓްވޯކް އަދި ނިކަލޯޑިއަން ފަދަ ޗެނަލްތަކުން ދައްކާ ޕަވަ ޕަފް ގާލްސް، ޑެކްސްޓާޒް ލެބޯރެޓޮރީ އަދި ޖިމީ ނިއުޓްރޮން ފަދަ ޕްރޮގްރާމްތަކަކީ ޒަމާންވީ ފޭވަރިޓްސްގެ ގޮތުގައި ފާހަގަކޮށްލެވޭ ޕްރޮގްރާމްތަކެކެވެ.
މީޑިއާނެޓުން މިހާރު ތައްޔާރުވަނީ މި ލިސްޓަށް، ކުޑަކުދިންނަށް ޚާއްސަ ޗެނަލެއް އިތުރުކުރުމަށެވެ. ޕްރީ ސްކޫލް އުމުރުފުރައިގެ ކުދިންނަށް ޚާއްސަ ޕްރޮގްރާމްތަކަށް މުޅި ދުނިޔެއިން ވެސް އެންމެ މަގްބޫލު ޗެނަލް ކަމުގައިވާ "މޫންބަގް" ޗެނަލް ވަރަށް އަވަހަށް މީޑިއާނެޓް މެދުވެރިކޮށް ފެންނާނެ އެވެ. މިއުޒިކާއި، ކުޅިވަރު އަދި ތައުލީމީ ޕްރޮގްރާމްތަކެއް ހިމެނޭ މި ޗެނަލް ޚާއްސަ ވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ މި ޗެނަލްގައި ހިމެނޭ ޕްރޮގްރާމްތަކަކީ ހަމައެކަނި ޓީވީ އިން ބަލާލުމުގެ އިތުރަށް ކުޑަކުދިން އެ ޕްރޮގްރާމްތަކުގައި ހިމެނޭ ކޮންޓެންޓްގައި ޝާމިލުވެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޕްރޮގްރާމްތަކަކަށް ވުމެވެ. މިއީ ޝައުގުވެރި މާޙައުލެއްގައި ކުއްޖާގެ ވާހަކަދެއްކުމާއި ޢިލްމު ކުރިއެރުމަށް ލިބިގެންދާނެ ފުރުސަތަކަށް ވާނެ އެވެ.
"މޫންބަގް" ޗެނަލްގައި ޔޫޓިއުބް ސްޓްރީމިންގް ޕްލެޓްފޯމްގައި މަޝްހޫރު އަދި ދިވެހި ކުޑަކުދިންގެ މެދުގައި މަގްބޫލު ގިނަ ޝޯވްތައް ހިމެނެއެވެ. އޭގެ ތެރޭގައި ތުއްތު ކުދިންގެ މެދުގައި އެންމެ މަގްބޫލު މިއުޒިކަލް ޝޯވް "ކޮކޯ މެލަން"، އިންޓަރެކްޓިވް އެޑިއުކޭޝަނަލް ޝޯވް "ބްލިއްޕީ" އަދި ކުޅިވަރު ކާރޓޫން ޝޯވް "ސުޕަ ސްޓައިކާޒް" ފާހަގަކޮށްލެވެ އެވެ.
އިންޓަނެޓް ބޭނުންކުރާ މިންވަރު މަދުކޮށް، ފޯން ސްކްރީނުން ދުރުވެ، ޓީވީ އިން ބޮޑު ސްކްރީނުގައި މި ޕްރޮގްރާމްތައް ދެން ބަލާލެވޭނެ އެވެ. މި ޕްރޮގްރާމްތަކުގެ އިތުރުން ވެސް ޝައުގުވެރި އެތައް ޝޯވްތަކެއް މިޗެނަލުން ކޮންމެ ދުވަހަކު ވެސް ދައްކާނެ އެވެ.
ވަކި އުމުރުފުރައަކަށް ބެލުމެއްނެތި ހުރިހާ އުމުރަކާ ގުޅޭ ޝޯވްތަކާއި ކޮންޓެންޓް ގެނެސްދިނުމަށް މީޑިއާނެޓުންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ މަގްބޫލު ޗެނަލްތަކާއެކު މަޝްވަރާކޮށް ދިވެހިންގެ ޓީވީ ސްކްރީންތަކާއި ހިސާބަށް ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ "މޫންބަގް" ފަދަ 100 މިލިއަނަށް ވުރެން ގިނަ ޔޫޓިއުބް ސަބްސްކްރައިބާޒް ހިމެނޭ ޗެނަލެއް މީޑިއާނެޓުގެ ޚިދުމަތައް އިތުރުކުރެވުމަކީ މި ޚިދުމަތުގެ ކުރިއެރުމަށް އެޅޭ އިތުރު ފިޔަވަޅެއްކަން ޔަގީނެވެ.