އެލެސްޓްރޭނޯއިން ވިޔަފާރިކޮށްގެން ކާރެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މަޖީދީމަގުގައި ހުންނަ އެލެސްޓްރޭނޯ ފިހާރައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޔޫމާން ސައީދު ވިދާޅުވީ ގޮތުގައި އެފިހާރައިން 3،000 ރުފިޔާގެ މަތިން ވިޔަފާރި ކުރާ ކޮންމެ މީހަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭވެނެ އެވެ. އެގޮތުން ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބޭނެ ކަމަށް ވެސް ޔޫމާން ވިދާޅުވި އެވެ.

މި މަހުގެ 26 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މާޗް 30 ވަނަ ދުވަހުގެ ނިޔަލަށެެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ދިނުމަށް ހަމަޖެހިފައިވަނީ ނިސާން ޑޭޒް ކާރެކެވެ.

https://www.facebook.com/photo/?fbid=828231659308256&set=a.754645550000201

އެންމެ ފަހުގެ އެކި ބްރޭންޑްތަކުގެ ސެންޓު ވިއްކާ އެލެސްޓްރޭނޯ ފިހާރައިން އަހަރުގެ ބޮޑު އިނާމަކަށް ކާރެއް ދޭ ޕްރޮމޯޝަނެއްް ފަށާފައިވާއިރު، ކޮންމެ ދުވަހަކު ވެސް އިނާމެއް ލިބޭ ޕްރޮމޯޝަނާއި ކޮންމެ މަހަކު ވެސް އިނާމެއް ލިބޭ ޕޮރޮމޯޝަން ތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގައި ސެންޓު ވިޔަފާރި ކުރުމުގައި ގިނަ ދުވަސް ތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ޔޫމާން ވިދާޅުވި ގޮތުގައިި އެފިހާރައިން ސެންޓުގެ އިތުރުން މޭކަޕް ބްރޭންޑެއް ވެސް ވަރަށް އަވަހަށް ލޯންޗު ކުރާނެ އެވެ. އަދި ކަސްޓަމަރުންނަށް އަމާޒުކޮށް ސެންޓާއި ގުޅޭ އާ ކަންތައްތަކެއް ރާއްޖެއަށް ތައާރަފް ކުރުމަށް ނިންމާާފައިވާ ކަމަށް ޔޫމާން ވިދާޅުވި އެވެ.

މަޖީދީމަގުގައި ހުންނަ އެލެސްޓްރޭނޯ ފިހާރާގައި ވިއްކަން ބަހައްޓާފައި ހުރި ސެންޓު ފުޅިތަކެއް. އެ ފިހާރައިން ވިޔަފާރިކޮށްގެން ކާރެއް ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށާފައި.

މަޖީދީމަގުގައި ހިންގަމުން އަންނަ އެލެސްޓްރޭނޯ ފިހާރައިން ލަގްޒަރީ ގިނަ ބްރޭންޑް ތަކެއްގެ ސެންޓު ލިބެން ހުންނާނެ އެވެ. އަދި އެ ބްރޭންޑް ތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ސެލާ އަކީ ވެސް އެލެސްޓްރޭނޯ އެވެ.