ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން މުޅިން އަލަށް އެއްމާބަނޑު ބަލިވެ އިނުމަކުން ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖަރެއް ކަމަށްވާ އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ކާމިޔާބުކަމާއެކު ފުރިހަމަ ކޮށްފި އެވެ.
ހުޅުމާލޭގައި ހިންގާ މަތީފެންވަރުގެ އެ ހޮސްޕިޓަލުން ބުނިގޮތުގައި އެސިންކްރޮނަސް ޓްވިން ބާތްސް އަކީ ވަރަށް މަދު ހާލަތްތަކުގައި ދިމާވާ ކަމަކަށް ވުމުން، ދިމާވެދާނެ އުނދަގޫ ހާލަތްތައް އަވަހަށް ދެނެގަތުމުގެ ގޮތުން މައިމީހާގެ ބޭނުންތަކަށް ހާއްސަ ފަރުވާއެއް ވަނީ ފޯރުކޮއްދީފަ އެވެ. އަދި މި ޕްރޮސީޖާގައި އެކުލެވިގެންވާ ތަފާތު ރިސްކުތަކުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ޑޮކްޓަރުންގެ ޓީމުން ބަލިވެ އިނުމުގެ މަރުހަލާތަކަށް ފަރުވާތެރިކަމާއެކު ގަވާއިދުން ބެލުމަށް ހާއްސަ ސަމާލު ކަމެއްދީގެން ކާމިޔާބުކުރި ކަމަށް ޓީޓީއެޗުން ބުނެ އެވެ.
"އެގޮތުން މި ޕްރޮސީޖާ ކާމިޔާބު ކުރުމަށް ހޮޕިޓަލުގެ ގާބިލު އޮބްސްޓެޓްރިކް އަދި ގައިނެކޮލޮޖިކަލް ޑޮކްޓަރުންގެ ޓީމްވަނީ ސްވިފްޓް އެމަޖެންސީ ސިޒޭރިއަނެއް ފުރިހަމަ ކޮށްފައި. އަދި ވިހެއުމަށް ފަހު ހޮސްޕިޓަލުން ދޫކޮއްލުމާ ހަމައަށް ތުއްތު ދަރިފުޅަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކުޅަދާނަ ކުޑަކުދިންގެ ޑޮކްޓަރުން ވަނީ އެންމެ އެކަށޭނަ ފަރުވާ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ގައި ފޯރުކޮއްދިނުމަށްފަހު ދުޅަހެޔޮ ސިއްހަތެއްގައި ދޫކޮއްލާފައި،" އެ ހޮސްޕިޓަލުން ބުންޏެވެ.
މި ޕްރޮސީޖާ ކާމިޔާބުކޮށްދިނުމުގައި އިސްކޮށް އުޅުއްވީ އޯބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ އާއި އޭނާގެ ޓީމާއެކު ނިއޯނެޓޮލޮޖިސްޓުން ކަމަށްވާ ޑރ. އިންގްރިޑް، ޑރ. ބިޕިން، ޑރ. މުސްތަފާ އަދި ކުޑަކުދިންގެ ޑޮކްޓަރުން ކަމަށްވާ ޑރ. އެލެސަންދްރާ / ޑރ. ސުބިން ކަމަށް ޓީޓީއެޗުން ބުނެ އެވެ.
"މިޕްރޮސީޖަ ކާމިޔާބު ކުރުމުގައި މިޑޮކްޓަރުންގެ އެއްބާރުލުން ވަނީ އަބަދުވެސް އެންމެ ފުރިހަމައަށް ފޯރުކޮށްދީފައި،" އެ ހޮސްޕިޓަލުން ބުނެ އެވެ.
އެސިންކްރޮނަސް ޓްވިން ބާތްސް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް މަދުން ނޫނީ ނުފެންނަ ޕްރޮސީޖާއެއް ކަމުން ޓްރީ ޓޮޕް ހޮސްޕިޓަލުން މި ކާމިޔާބީ ފާހަގަ ކުރަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ޝަރަފުވެރި ކުރިއެރުމެއް ކަމަށެވެ.
"އެހެންކަމުން މި ޝަރަފުވެރި ކާމިޔާބީއިން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ކޮންމެ މެހެމާނަކަށް ވެސް އަދި ހާއްސަކޮއް މާބަނޑުމީހުންނަށް ބަލިވެ އިނުމުގެ ހުރިހާ މަރުހަލާތަކެއް ބެލެހެއްޓުމުގައި އެ މެހެމާނަކައް ބޭނުންވާ ޚާއްސަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހޮސްޕިޓަލްގެ ކުޅަދާނަ ޑޮކްޓަރުންގެ ޓީމްގެ އެންމެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ފާހަގަކުރަން،" ޓީޓީއެޗުން ބުނެ އެވެ.