މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މީގެ ކުރިން ވެސް މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑުނެވެ. އެ ފަހަރު ވެސް ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހުރެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި އަހަރަކު ގާތްގަނޑަކަށް ހަތް ޕަސެންޓަށް ކަރަންޓުގެ ޑިމާންޑު އިތުރުވަމުން އަންނަ ކަމަށް ސްޓެލްކޯގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މާލެ ސަރަހައްދަށް ޖަމާވާ މީހުންގެ އަދަދު އިތުރުވެ، ކަރަންޓުގެ ޑިމާންޑު މަތިވުމުގެ ނަތީޖާ އަކީ ކަރަންޓު ކެނޑުމުގެ މައްސަލަތައް އިންތިހާ އަށް ބޮޑުވުމެވެ.