ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދަތުރުކުރަން ހަމަޖެހިފައިވާ ބައެއްް ފްލައިޓްތައް ކެންސަލްވެ، ބައެއް ފްލައިޓްތައް އަނބުރާ ސްރީ ލަންކާއަށް ޑައިވާޓްކޮށްފި އެވެ.
މޫސުން ގޯސްވެ، ހުޅުލޭގެ އެތެރޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމުން އެއްގަމު ދަތުރުކުރަން ވެސް ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު މިއަދު މެންދުރު ވިދާޅުވީ ވިއްސާރަވެ މޫސުމް ގޯސްވުމުން ތިން ފްލައިޓެއް ކެންސަލްކޮށްފައިވާ ކަމަށެވެ. އެގޮތުން ޑުބާއީން މާލެ އަންނަން އޮތް އެމިރޭޓްސްގެ ފްލައިޓަކާއި ކޮލަމްބޯ އިން އަންނަން އޮތް ސްރީލަންކަން އެއާލައިންސްގެ ބޯޓަކާއި އެތެރޭގެ އުދުހުމުގެ ހިދުމަތްދޭ މަންޓާ އެއާގެ ފްލައިޓެއް ވެސް ކެންސަލްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މޫސުމް ގޯސްވުމުން ވަރަށް ގިނަ ފްލައިޓްތައް ފްލައިޓްތައް ޑިލޭ ވެސް ވެއްޖެ. އަދި ނުޖެއްސިގެން މަތީގައި އެބަ އޮތް ބައެއް ފްލައިޓްތައް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މޫސުމް ގޯސްވުމުން މިއަދު 8 ފްލައިޓެއް ފުރުން އަދި އައުން ލަސްވެފައިވާ ކަމަށެވެ. އަދި ރާއްޖެ އަންނަން ހަމަޖެހިފައިވާ ބައެއް ފްލައިޓްތައް ސްރީލަންކާއަށް ޑައިވާޓް ވެސް ކޮށްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ފުރަން ވަޑައިގަންނަވާ ފަސިންޖަރުން ވެސް ދުރާލައި އިތުރު ވަގުތު ލައިގެން އެއާޕޯޓަށް ވަޑައިގަތުމަށް. މިތަނުގެ ފަސިންޖަރުންނަށް ދިމާވާ ދަތިތައް ހައްލުކުރަން އަޅުގަނޑުމެންގެ މުވައްޒަފުން މިގެންދަނީ އެހީތެރިވަމުން،" އޭނާ ވިދާޅުވި އެވެ.
އާ އަހަރާ ދިމާކޮށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އަދި ސްކޫލް ބަންދާއި އާ އަހަރާ ދިމާކޮށް ރާއްޖެއިން ބޭރަށް ވެސް ގިނަ އަދަދެއްގެ ދިވެހިން ވެސް ދަތުރުކުރެ އެވެ.
މިރޭ އާ އަހަރު ފާހަގަކުރަން ރާއްޖެއަށް މުއްސަނދިން ގޮވައިގެން އައި 39 ޖެޓް ވީއައިއޭގައި އެއާޕޯޓުގައި ޕާކުކޮށްފައިވެ އެވެ.
ޕީރިއަޑިކް ޓޭބަލް ގައި ވޯޓަރ އެޓޮމް ލިސްޓް ކޮށްފައި ނެތީ އެއީ ފެނުގައި ތިން އެޓޮމް އެކުލެވިފައިވާތީ ފެން މޮލިކިއުލް އަކީ ތިން އެޓޮމް އެއެކުރެވިގެން އުފެދިފައިވާ މޮލިކިއުލް އަށްވާތީއޭ ވޯޓަރ މޮލިކިއުލް އަކީ އެއީ ކޮމްޕައުންޑް ވޯޓަރ މޮލިކިއުލް އަކީ އޮކްސިޖެން އެޓޮމް މެދުގައި ހުރެމެ އޭގެ ދެފަރާތުގައި ދެ ހައިޑްރޮޖެން ސެލް ގުޅިފައިވާތީއޭ މީ ފެން އުފައްދަވާފައިވާ ގޮތަކީ އަދު ފެނުން ކަރަންޓް އުފައްދަން އުޅެނީ ހައިޑްްރޮޖެން މޮލިކިއުލްސް ބޭނުންކޮށްގެންނޭ