ރާއްޖެ އަކީ ފަތުރުވެރިންނަށް އެންމެ މަގުބޫލު އެއް މަންޒިލްގެ ގޮތުގައި އިންޑިޔާ މާކެޓުގައި އިޝްތިހާރުކުރުމަށް އެ ގައުމުގެ އިންފްލުއެންސާ ނިކީ މެހެރޭ ރާއްޖެ ގެނެސް، ރާއްޖެ އިޝްތިހާރުކޮށްފި އެވެ.

ނިކީ ރާއްޖެ އިޝްތިހާރު ކުރުމަށް އައިސްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށެވެ.

އެމްއެމްޕީއާރުސީން ވަނީ ނިކީއަށް މިމަހުގެ 3-6 އަށް ފެމިލިއަރައިޒޭޝަން ދަތުރެއް ދީފަ އެވެ. ނިކީ މި ދަތުރުގައި ޒިޔާރަތްކޮށްފައި ވަނީ އަމިއްލަ މޯލްޑިވްސް އަށެވެ.

މި ފެމިލިއަލައިޒޭޝަން ދަތުރަކީ އިންޑިއާގެ މަޝްހޫރު މޮޑެލް، ފެޝަން، ބިއުޓީ އަދި ޓްރެވަލް ކޮންޓެންޓް ކްރިއޭޓަ އަދި ބައި މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސޯޝަލް މީޑިއާ އިންފްލޫއެންސަރެއް ކަމަށްވާ ނިކީ މެހެރާއަށް ލިބުނު ވަރަށް ބޮޑު ފުރުސަތެކެވެ. ރާއްޖޭގައި ހޭދަކުރި ދުވަސްވަރު ނިކީ މެހެރާ ވަނީ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/C6idLbyoouN/?hl=en&img_index=1

މި ދަތުރުގައި ނިކީ މެހެރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރިއިރު، އިންޑިއާގެ ފަތުރުވެރިންނަށް ޕްރިމިއާ ހަނީމޫން މަންޒިލެއްގެ ގޮތުގައި ރާއްޖެ ވަނީ ޕްރޮމޯޓްކޮށްދީފަ އެވެ.

https://www.instagram.com/p/C6rDiOoyJRo/?hl=en&img_index=4

އިންޑިއާގެ މާކެޓަކީ މިދިޔަ އަހަރުތަކުގައި ރާއްޖެއަށް ވަރުގަދަ މާކެޓަކަށް ވެފައިވާއިރު، މިހާރު އޮތީ ހަ ވަނައިގަ އެވެ. މި މަހުގެ 13 ގެ ނިޔަލަށް އިންޑިއާ އިން ޒިޔާރަތް ކުރީ 46،970 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތަރު މަހު ރާއްޖެއަށް ޒިޔާރާތްކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. ނަމަވެސް އެމްއެމްޕީއާރުސީން ވަނީ އިންޑިއާގެ ފަތުރުވެރިން އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.