ޓެކްސީތަކުން ދަތުރުކުރާ އިރު ޕަސެންޖަރުނަނަށް ހަލުވި ސްޕީޑްގެ އިންޓަނެޓް ކަނެކްޓިވިޓީ ލިބޭނެ ހާއްސަ އީދު ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ހިލޭ މައިފައި ޑިވައިސްއަކާ އެކު މުޅިން ހިލޭ 10ޖީބީ ޑޭޓާ ވެސް ލިބޭނެ ކަމަށެވެ. އަދި މި މައިފައި ޑިވައިސްގެ ޒަރިއްޔާއިން ޓެކްސީ ޑްރައިވަރުންނަށް ދަތުރު ކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

މީގެ އިތުރުން ދިރާގުން ބުނީ މާލެ ސަރަހައްދުގައި ތައާރަފްކުރި މި ހާއްސަ ޕްރޮމޯޝަނާ އެކު ޓެކްސީ ޑްރައިވަރުންގެ އިތުރުން ޕަސެންޖަރުންނަށް ވެސް އިތުރު ލުއިފަސޭހަކަމާއި އަވަސް މުއާމަލާތްތައް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަން މުއްދަތު ތެރޭގައި ޓެކްސީ ޑްރައިވަރުން އެ ފަރާތްތަކުގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމަ ސާވިސް ސެންޓަރަށް ޒިޔާރާތްކުރުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.

ޖުލައި 31, 2024 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި އިސްކަންދެވޭނީ ފުރަތަމަ ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.