ޔޫރޯ އާއި އަޟްހާ އީދާ ދިމާކޮށް މުޅިން އާ އޮފާތަކެއް ދިރާގުން ލޯންޗުކޮށްފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރަހް އާދަމް ވިދާޅުވީ އެފަދަ އޮފާތަކެއް ގެނެސްދިނުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޚާއްސަ ޕްރޮމޯޝަންތަކާ އެކު ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން އަދި އީދުގެ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރަށް ކުލަގަދަކޮށް، ފުރިހަމަކަމާ އެކު ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދު ކުރަން،" ޝާރަހް ވިދާޅުވި އެވެ.

ޔޫރޯ 2024 އާ ގުޅުވައިގެން ދިރާގުން ހާއްސަ ތިން ޕްރޮމޯޝަނެއް ލޯންޗުކުރާނެ އެވެ.

ސޮނީ ލިވް ޕްރިމިއަމް އެކްސެސް: ޔޫރޯ 2024 ގެ ހުރިހާ މެޗެއް އޮންލައިންކޮށް ބަލާލުމަށްޓަކައި ކަސްޓަމަރުންނަށް ޚާއްސަ ސޮނީ ލިވް ޕެކާ އެކު 80ޖީބީގެ ޑޭޓާ އަދި ޔޫރޯ 2024 ގެ އޮފިޝަލް ސްޓްރީމިންގ ޕާޓްނަރ، ސޮނީ ލިވްގެ 30 ދުވަހުގެ ޕްރިމިއަމް އެކްސެސް ހަމަ އެންމެ 80 ރުފިޔާއަށް ލިބޭނެ އެވެ.

އެންމެ 60 ރުފިޔާއަށް ސޮނީލިވްގެ ސްޓޭންޑަލޯން 30 ދުވަހުގެ ސަބްސްކްރިޕްޝަނެއްވެސް ހޯދޭނެ އެވެ.

އާ ދިރާގު ޕްރީޕެއިޑް ޕްލޭނެއް ނަގާ ފަރާތްތަކަށް 30 ދުވަހުގެ ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ. އަދި އާ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ހުރިހާ ކަސްޓަމަރުންނަށް ކަނެކްޝަން ނަގާ މަހާއި ޖެހިގެން އަންނަ މަހުގައި ހިލޭ ސޮނީ ލިވް ޕެކް ލިބޭނެ އެވެ.

މެޗް ޕާސް: 30 ރުފިޔާއަށް 30ޖީބީ ލިބޭ ހާއްސަ އެޑް-އޮންއެއް ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތުގައި ނެގޭނެ އެވެ. ދެ ގަޑިއިރުގެ ވެލިޑިޓީގެ މި އެޑް-އޮން ކޮންމެ ނަމްބަރަކަށްވެސް ނެގޭނީ މެޗު ކުރިއަށްދާ ވަގުތުގައި އެއްފަހަރު އެވެ.

ޖެހީ ލިބުނީ ޖީބީ: މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅަކު ސަޕޯޓުކުރާ ޓީމް ގޯލެއް ޖެހުމުން ހިލޭ 1ޖީބީ ޑޭޓާ (ކޮންމެ މެޗަކަށް ޖުމްލަ 5ޖީބީ ޑޭޓާއާ ހަމައަށް) ލިބޭނެއެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް މެދުވެރިކޮށް ސަޕޯޓުކުރާ ޓީމް ރެޖިސްޓަރކުރެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޓީމް ރެޖިސްޓަރ ކުރެވޭނީ އެއް ފަހަރެވެ.

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން ވަނީ ޚާއްސަ ދެ އޮފަރއެއް ތައާރަފްކޮށްފަ އެވެ.

އަޕްގްރޭޑަޑް 100ޖީބީ ޑޭޓާ ޕެކް: އީދުގެ މުއްދަތު ތެރޭގައި ޕްރީޕެއިޑް ކަސްޓަމަރުންނަށް 100ޖީބީގެ ހަތް ދުވަސް ޕެކާ އެކު އިތުރު 50ޖީބީ (ޖުމްލަ 150ޖީބީ) އިތުރު އެއްވެސް އަގަކާ ނުލައި ލިބޭނެއެވެ. 22 ޖޫން 2024 ގެ ނިޔަލަށް މި އޮފަރ ކުރިއަށްދާނެ އެވެ.

ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ޑޭޓާ ބޫސްޓަރ: ދިރާގު ޕޯސްޓްޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ވަކި ބޫސްޓާރތަކާ އެކު އިތުރު ޑޭޓާ ލިބޭނެއެވެ. މި އޮފަރ ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ހިތްގައިމު އާ އޮފާތަކާ އެކު ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.