ދިވެހީންގެ ގިނަ ބަޔަކު އިންތިޒާރުކުރާ ކޮޕާ އެމެރިކާ 2024 މިރޭ ފަށާނެ އެވެ. މި މުބާރާތުގެ މެޗުތައް މީޑިއާނެޓްގެ ސަބްސްކައިބަރުންނަށް ފެންނާނެ އެވެ. މި ފޯރިގަދަ މުބާރާތުގެ މެޗުތައް އައިސް ނެޓްވޯކުން ދައްކަން ވަނީ ހަމަޖެހިފަ އެވެ.

މި ފަހަރުގެ މުބާރާތް ވެސް ވަރަށް ފޯރިގަދަވާނެ އެވެ. ދުނިޔޭގެ ޗެމްޕިއަން އާޖެންޓީގެ ލިއޮނަލް މެސީގެ ފަހު މުބާރާތަށް ވުމަކީ މި މުބާރާތް އިތުރަށް ގިނަ ބަޔަކު ޝައުގުވެރިކުރުވާނެ ކަމަކަށް ވެގެންދާނެ އެވެ. މީގެ އިތުރުން އަރަމުން އަންނަ ތަރިންގެ ތެރޭގައި ހިމެނޭ ވިނީސިއަސް ޖޫނިއާ އާއި ލިވަޕޫލްގެ ނުރައްކާތެރި ދެ ކުޅުންތެރިން ކަމަށްވާ ޑާވިން ނުނޭޒް އާއި ލުއިސް ޑިއާޒް ފަދަ ކުރިއަރަމުން އަންނަ ތަރިންގެ ހުނަރު ފެނިގެންދިއުމަކީ މި މުބާރާތް އިތުރަށް ފޯރިގަދަވާނެ ކަމެކެވެ.

އިތުރަށް ލިބޭނެ ފަސޭހަތައް:

މި މުބާރާތުގެ ކޮންމެ މެޗެއް ވެސް މީޑިއާނެޓުން ލައިވްކޮށް ފެންނާނެ އެވެ. އަދި ބޮޑު ސްކްރީނުން ބަލަން އުނދަގޫ ނަމަ، އެމްއެސް ޑިޖިޓަލް އަށް ސަބްސްކްރައިބްކޮށްގެން، މޮބައިލް ޑިވައިސްތަކުން ހުރިހާ މެޗެއް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބަލާލެވޭނެ.

ކޮޕާ ފުޓްބޯޅަ މުބާރާތް މިރޭ ފަތިހު 5:00 ގައި ފަށާއިރު، މި މުބާރާތުގައި ވާދަކުރާނީ ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ އާއި ކެނެޑާ އެވެ.