ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ބޭނުންވާ ފަރާތްތަކުން އެކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިކަމަށް ފުރުސަތު ހުޅުވާލާނީ ފީއެއް ނަގައިގެންނެވެ. އެކަން ކުރާނެ ސަރަހައްދުތަކެއް ވެސް ވަނީ އިއުލާނުކޮށްފަ އެވެ. މި ހިދުމަތްދޭ ކާބޯތަކެތި ވިއްކާ އުޅަނދުތަކަށް ހުޅުމާލޭގެ 12 ސަރަހައްދެއްގައި ހަރަކާތްތެރިވެވޭނެ އެވެ.

ފުޑް ޓްރަކް ހަރަކާތްތެރިވާނެ ސަރަހައްދުތައް

- އެސްޓީއޯ ހޮޓެލް ސަރަހައްދު

- ފެރީ ޓާމިނަލް

- ސެންޓްރަލް ޕާކް

- އެޗްޑީސީ, ހެޑް އޮފީސް

- ފަހިވެނި ކޮމިއުނިޓީ ސެންޓަރު ސަރަހައްދު

- ފެހިރެސް ޕާކް

- ރެހެންދި ސްކޫލް

- ރުއްގަނޑު އެކެއް ސަރަހައްދު

- ރުއްގަނޑު ދޭއް ސަރަހައްދު

- ރެޑްބުލް ޕާކް ސަރަހައްދު

- ފުޓްބޯލް ސްޓޭޑިއަމް ސަރަހައްދު

- ވޯޓާ ތީމް ޕާކް

އެޗްޑީސީން ވަނީ މި ހިދުމަތްދޭން ގަވާއިދު ވެސް އާއްމުކޮށްފަ އެވެ. މިގޮތުން ގަވާއިދާ ހިލާފުވާ ފަރާތްތަކުން 5,000ރ. އާއި 50,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.