މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވާއިރު، ފުރަތަމަ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާނީ އަންނަ ބުރާސްފަތި ދުވަހު ކަމަށެވެ.

ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަތުރުތައް ރާއްޖެއަށް އޮންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ. މި އެއާލައިނުން ރާއްޖެއަށް ފަށާ ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން 747 މަރުކާގެ 174 ސީޓުގެ ބޯޓެކެވެ.

ދިވެހިންގެ ގިނަ ބަޔަކު ވެސް ދިރިއުޅޭ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން ރާއްޖެއަށް ފަށާ މެލޭޝިއަން އެއާލައިންސްގެ ދަތުރުތަކާ ބެހޭ ގޮތުން އެމްއޭސީއެލް އިން ބުނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު ރާއްޖެއަށް ޖައްސާ މި ފްލައިޓަށް މަރުހަބާ ކިއުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.

މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއާލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.