ދިރާގުގެ އާ ޕާޓްނާ ޝޮޕެއް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި އެވެ.

އެގޮތުން ދިރާގާއި އޯއޭސެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޕާޓްނާޝިޕްގެ ދަށުން މިހާރު ހުޅުމާލޭ ހިޔާ ޓަވަރު 5 (އެޗް5-ޖީ-01) ގައި ހުންނަ އޯއޭސެސް މޯލްޑިވްސް ފިހާރައިން ދިރާގުގެ ހިދުމަތްތައް ލިބޭނެ އެވެ.

ދިރާގުން ބުނި ގޮތުގައި މި އާ ޕާޓްނާ ޝޮޕްގެ ސަބަބުން ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ބޮޑު އާބާދީއަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ. އަދި މިއާ އެކު އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާ އެކު ދިރާގުގެ ހިދުމަތްތައް ހޯދޭނެކަމަށްވެސް އެކުންފުނިން ބުންޏެވެ.

  • ދިރާގު ކަސްޓަމަރުންނަށް ހުޅުމާލެ ފޭސް 2 ގެ ޕާޓްނާ ޝޮޕް މެދުވެރިކޮށް ލިބޭނެ ހިދުމަތްތައް
  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ބިލް ދެއްކުން
  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑު ގަތުން
  • ޕްރީޕެއިޑް ޕްލޭންތަކުގެ ރީޖާޖް ހިދުމަތް
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަން ނެގުން

ރާއްޖޭގައި ދިރިއުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށް، އެކި މުޖުތަމައުތަކުގެ ރައްޔިތުންނަށް އަވަސް، ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރެ އެވެ.