ސަރުކާރު ހިއްސާވާ 10 ކުންފުންޏެއްގެ ބޯޑުން 19 މެންބަރުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން 19 މެންބަރުން ވަނީ 8 އޮގަސްޓްގައި ވަކިކޮށްފަ އެވެ.

ވަކި ކުރި މެންބަރުންގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން އަހްމަދު ޝަހީރު، އެސްޑީއެފްގެ ޗެއާމަން ޝުހާދު އިބްރާހިމް އަދި ޕޯސްޓު ލިމިޓެޑްގެ ޗެއާމަން މުހައްމަދު އަބްދުﷲ ވެސް ހިމެނެ އެވެ.

މީގެ އިތުރުން ބޯޑުތަކުން ވަކިކުރި މެންބަރުންނަކީ:

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީއެފްސީ)

މުހައްމަދު ރަޝީދު، ހާމިދު ސާދިގު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް

ހުސައިން މުހައްމަދު ދީދީ، ޝާތިފް އަލީ، ޝަޒުރާ ޝާކިރު

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މުހައްމަދު ނާޝިދު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން

އަލީ ނަބީލް، މުސްތަފާ މުހައްމަދު، އަލީ އިކްރާމް

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް

ނާހިޔާ މުހައްމަދު

ޕޮލިސް ވެލްފެއާ ކޯޕަރޭޝަން

އަލީ ނަޒީރު

ފެނަކަ ކޯޕަރޭޝަން

އިބްރާހިމް ނާއިފް (އެގްޒެކްޓިވް މެންބަރު)، އަހްމަދު އީހާބު

ފަހި ދިރިއުޅުން ކޯޕަރޭޝަން

ނަޖީލް އަހްމަދު

ބިޒްނަސް ސެންޓާ ކޯޕަރޭޝަން ލިމިޓެޑް(ބީސީސީ)

ލަމްޔާ އިބްރާހިމް، އަހްމަދު އިފްތިހާރު

މީގެ އިތުރުން ދެ ބޯޑަކަށް މެންބަރުން އައްޔަންކޮށްފައި ވެސް ވެއެވެ. އެގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ބޯޑަށް ހ. ވައިފިލާގެ ހައްވާ ޝަފްނާ އައްޔަންކޮށްފައި ވާއިރު އެޗްޑީއެފްސީގެ ބޯޑް މެންބަރު ކަމަށް ސ. ހުޅުދޫ، ޖަމްނާ ޒިދުނާ އިބްރާހިމް ވަނީ އައްޔަންކޮށްފަ އެވެ.