ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭ ޚާއްސަ ލިމިޓެޑް-ޓައިމް ޕްރޮމޯޝަނެއް ދިރާގުން އިއުލާނުކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި 5ޖީ ޓާބޯ ވައިފައި ޕްލޭންތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ، 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެން ވެސް ބޭނުންކުރެވޭނެ އެވެ. އަދި މި ޕްރޮމޯޝަންގެ ދަށުން އައު 5ޖީ ޓާބޯ 749 ނުވަތަ މަތީގެ ޕްލޭނަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އާ އޮފާތަކެއް ގެނެސްދީ، ފަސޭހަކަމާ އެކު އެފަރާތްތައް ގުޅުވާލަދިނުމަށް. އެގޮތުން ދިރާގު 5ޖީ ޓާބޯ ވައިފައިއާއެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ޚިޔާރުކުރެވޭނެ. އަދި މިއާ އެކު އެފަރާތްތަކުގެ ހުރިހާ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ދިރާގުގެ މެނޭޖަ އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވި އެވެ.

އެ ކުންފުނިން ބުނިގޮތުގައި 5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާއާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެ އެވެ. އަދި މީގެ އިތުރުން މި ޕްލޭންތަކާ އެކު ޚާއްސަ 5ޖީ ބޫސްޓާތައް ވެސް ކަސްޓަމަރުންނަށް ނެގޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ވަނީ ދާދި ފަހުން 549 ރުފިޔާގެ އާ 5ޖީ ޓާބޯ ވައިފައި ޕްލޭނެއް ވެސް ތައާރަފްކޮށްފަ އެވެ.

މި ލިމިޓެޑް-ޓައިމް އޮފާ ކުރިއަށް ދާނީ އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.