މީޑިއާނެޓުން އަގުހުރި އިނާމުތަކަކާއެކު އަނެއްކާވެސް ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"އަޕްގްރޭޑް އެންޑް ވިން"ގެ ނަމުގައި ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 15 އިން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި މީޑިއާނެޓުގެ ޚިދުމަތް ބޭނުންކުރާ ހުރިހާ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓް ކަސްޓަމަރުން މިހާރު ގެންގުޅޭ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުނު ޕެކޭޖަށް ވުރެ ބޮޑު ކޮންމެ ޕެކޭޖެއް ހިޔާރުކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ.
މި ޕްރޮމޯޝަނުގައި ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ތިން ފަރާތަށް ދިނުމަށް ހަމަޖެހިފައިވާ އިނާމުތަކަކީ:
- 65 އިންޗި ސްމާޓް ޓީވީ
- އެޕަލް އެއަރޕޮޑްސް 2 ވަނަ ޖެނެރޭޝަން
- ގޫގުލް ކްރޯމްކާސްޓް
އޯގަސްޓް މީޑިއާނެޓުގެ ޗެނަލްތަކުން ތަފާތު މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކާއި ފޯރިގަދަ މެޗުތައް އަދިވެސް އެހެނިހެން ކޮންޓެންޓް ފެނިގެންދާނެ މަހެކެވެ. އެގޮތުން މި މަހު ދިވެހިންގެ މެދުގައި އެންމެ ފޯރިގަދަ ލީގު, އިންގްލިޝް ޕްރިމިއާ ލީގު ފެށިގެން ކުރިއަށް އެބަދެ އެވެ. މި ލީގުގެ ހުރިހާ މެޗެއްވެސް މީޑިއާނެޓްގެ ޗެނަލްތައް މެދުވެރިކޮށް ވަގުތުން ބެލޭނެ އެވެ.
ޕެކޭޖު ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު މީޑިއާނެޓުގެ "ކުއިކް ޕޭ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖަށް ފައިސާ ދެއްކޭނެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަނުގެ ނަސީބުވެރި ތިން ފަރާތް ހޮވުމަށް ހަމަޖެހިފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގަ އެވެ.