އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 – ތިނަދޫ ސިޓީގެ ޗެމްޕިއަންކަން ބްލެކް އޭންޓް ފިޝިންގ ހޯދައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ތިނަދޫގައި ސިޓީގައި ބޭއްވުމަށް ހަމަޖެހިފަ އެވެ.

ތިނަދޫ ސިޓީގައި މަސްރޭހަށް ރެޖިސްޓާ ކުރި 8 ޓީމާއެކު މި މުބާރާތް ފަށާފައިވަނީ 23 އޯގަސްޓް ވީ ހުކުރު ދުވަހު އެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

ޗެމްޕިއަން ޓީމް: 1665.81 ޕޮއިންޓާއެކު ބްލެކް އޭންޓް ފިޝިންގ

ދެވަނަ ޓީމް: 523.25 ޕޮއިންޓާއިއެކު ޓީމް އެމް.އައި.ބީ

ތިން ވަނަ ޓީމް: 478.85 ޕޮއިންޓާއިއެކު ހޯނޑެއްދޫ މަސްވެރިން

އެންމެ ބަރު މަސް: އަބްދުﷲ ދީދީ، ބްލެކް އޭންޓް ފިޝިންގ– 7.15 ކިލޯގެ ހަންޖެއް

އެންމެ މޮޅު ކެޔޮޅު – ފިރިހެން: ދައުސް ހަސަން، ހޯނޑެއްދޫ މަސްވެރިން، 12 މަސް

އެންމެ މޮޅު ކެޔޮޅު – އަންހެން: އާތިކާ މުހައްމަދު އަދި އައިޝަތު ނޫފާ އަލީ، ޓީމު އެމްއައިބީ 4 މަސް

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާރޓްނަރުންގެ ފަރާތުން ތިނަދޫގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެ އެވެ.