ސަރުކާރުގެ ޚަރަދުތައް ހަމަޖައްސަން 1.8 ބިލިޔަން ރުފިޔާގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ވިއްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަ ނީ ޖުމްލަ 1.8 ބިލިޔަން ރުފިޔާގެ 4 ޓީބިލެކެވެ. ސަރުކާރުން ޓީ- ބިލް ވިއްކަނީ ދައުލަތުގެ ބަޖެޓްގެ ދަރަނި ފޫބެއްދުމަށް ފައިސާ ހޯދުމަށެވެ.

ޓީ- ބިލްތަކުގެ ތަފްސީލް:

  • 28 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 1.3 ބިލިޔަން ރުފިޔާގެ ޓީ-ބިލް
  • 98 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 20 މިލިޔަން ރުފިޔާގެ ޓީ-ބިލް
  • 182 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 231 މިލިޔަން ރުފިޔާގެ ޓީ-ބިލް
  • 364 ދުވަހުން އަނބުރާ ދެއްކުމަށް ވިއްކާ 294 މިލިޔަން ރުފިޔާގެ ޓީ-ބިލް

ޓީ- ބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދު އެވެ.

ޓީ-ބިލް ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، އެ ފައިސާ އިންޓަރެސްޓާއެކު އަނބުރާ ދައްކާ ގޮތަށެވެ. މީގެ ސަބަބުން ޓީ-ބިލަށް އިންވެސްޓްކުރާ ފަރާތްތަކަށް ފައިދާ ލިބެ އެވެ.

ރާއްޖޭގައި މިހާރު ޓީ-ބިލްގައި އިންވެސްޓްކުރަނީ ބޭންކްތަކާއި، ޕަބްލިކް ކުންފުނިތަކާއި، ޕެންޝަން އޮފީހުގެ އިތުރުން އަމިއްލަ ކުންފުނިތަކުންނެވެ.