ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހެލްތް ސްކްރީނިން ޕެކޭޖްތަކުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭ "ވެލްނަސް ޕްރޮމޯޝަން" ފަށައިފި އެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނިޔަލަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ހިންގާ ވެލްނަސް ޕްކޭޖްތައް

  • ވެލް ފީމެއިލް ޕެކޭޖް: އަންހެނުންގެ ހާއްސަ ސިއްހީ ބޭނުންތަކަށް ފަރުމާކުރެވިފައިވާ ޕެކޭޖް
  • ވެލް މެލް ޕެކޭޖްް: ފިރިހެނުންގެ އާންމުކޮށް ހުންނަ ސިއްހީ މައްސަލަތަކަށް އަމާޒުކުރެވިފައިވާ ޕެކޭޖް
  • ވެލް ޗައިލްޑް ޕެކޭޖް: ކުޑަކުދިންނަށް ހާއްސަ މެޑިކަލް ޗެކްއަޕް
  • ހެލްތް ލިވިން ޕެކޭޖްް: ހަށިގަނޑުގެ ދުޅަހެޔޮކަމާއި ބަލިތަކުން ރައްކާތެރިވުމަށް އަމާޒުކުރެވިފައިވާ ޕެކޭޖް
  • ހެލްތީ ހާޓް އެންޑް ސްރޯންގް ހާޓް ޕެކޭޖް: ހިތުގެބަލިތަށް ދެނެގަތުމާއި މޮނިޓާކުރުމަށް ހާއްސަ ޕެކޭޖްތައް
  • ހެދޭ ޕެކޭޖްތައް ހެލްތީ ލަންގް ޕެކޭޖް: ފުއްޕާމޭގެ ސިއްހަތު ކުރިއެރުވުމާއި މައްސަލަތައް އަވަހަށް ދެނެގަތުމަށް
  • ސާވިކަލް ކެންސާ ސްކްރީނިން ޕެކޭޖް: ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ސްކްރީންކުރާ ޕެކޭޖް
  • ހެދޭ ޓެސްޓްތައް ޑައެބެޓިކްސް ސްކްރީނިންގް ޕެކޭޖް: ހަކުރުބަލި ހުރިތޯ އަވަހަށް ދެނެގަތުމަށް
  • ތެލެސީމިޔާ ޗެކަޕްސް އެންޑް ސްކްރީނިންގް ޕެކޭޖް: ތެލެސީމިއާ ބަލި ހުންނަ ފަރާތްތަކުން ހަދާ ޗެކަޕް

އެ ހޮސްޕިޓަލުން ބުނީ މި ޕެކޭޖްތަކުގެ ބޭނުމަކީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދީ އަވަހަށް ބަލި ދެނެގަތުމާއި ފަރުވާ ހޯދުމަށް އެހީތެރިވެދިނުން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ތިޔަބޭފުޅުންގެ ސިއްހަތައް އިސްކަންދިނުމަކީ ތިޔަބޭފުޅުންގެ މުސްތަގްބަލަށް ކުރެވޭ އިންވެސްޓްމަންޓެއް އަދި މި ޕްރޮމޯޝަނަކީ ތިޔަބޭފުޅުންގެ ސިއްހީ ހާލަތު ޗެކް ކުރުމަށާއި ބެލެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެއް،" ޓްރީ ޓޮޕް ހޮސްޕިޓަލުގެ ސީ.އީއޯ ޑރ. ސްރިވަތްސަން ސްރިދާ ޖީ ވިދާޅުވި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުން ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނާއި ސިއްހީ ދާއިރާގައި އެކި ނަން މަޝްހޫރު ދާއިރާތަކުން ހާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.