މީޑިއާނެޓްގެ މޮބައިލް އެޕްލިކޭޝަން ގެންގުޅޭ ކަސްޓަމަރުންނަށް ޚާއްސަ ކޮށްގެން "ކިންގްސް ޕެކް"ގެ ނަމުގައި ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

މީޑިއާނެޓުން ބުނީ މި ޕެކޭޖްގެ ދަށުން، މިމަހުގެ 1 ގައި ފެށި ރާއްޖޭގެ އެންމެ މަގްބޫލު ފުޓްސަލް މުބާރާތް "ކްލަބް މޯލްޑިވްސް" އަދި ސެޕްޓްމްބަރު 14 ގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ފުޓްސަލް ވޯލްޑްކަޕް އެންމެ 199 ރުފިޔާއަށް ބަލާލެވޭނެ އެވެ. މި ޕެކޭޖްގެ މުއްދަކަތީ އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 90 ދުވަހަށެވެ.

މި ދެ މުބާރާތް ވެސް ނިމެނީ އޮކްޓޯބަރު މަހުގައި ކަމަށްވުމުން މި ޕެކޭޖް ގަނެގެން މި ދެ މުބާރާތް ވަރަށް ފަސޭހަ ކަމާއެކު ބަލާލެވޭނެ އެވެ. މި ދެ މުބާރާތް ވެސް ދައްކާނީ އައިސް ނެޓްވޯކްގެ ޗެނަލްތަކުންނެވެ.

މީޑިއާނެޓުން ބުނިގޮތުގައި މި ޕެކޭޖްގެ ޚާއްސަ އަނެއްކަމަކީ މި ޕެކޭޖުން މީޑިއާނެޓްގެ ވީޑިއޯ އޮން ޑިމާންޑް ލައިބްރަރީ ކަމަށްވާ "ވީޑިއޯކްލަބް"ގެ ކޮންޓެންޓްގެ އިތުރުން 80 ޗެނަލް ބަލާލެވުމެވެ. މީޑިއާނެޓްގެ ވީޑިއޯކްލަބް ޕްލެޓްފޯމުގައި ދިވެހި އަމިއްލަ އުފެއްދުންތަކުން ފެށިގެން ބޭރުގެ ފިލްމާއި ސީރީޒް ހިމެނޭނެ އެވެ.

ކްލަބް މޯލްޑިވްސް ކަޕް އަދި ފީފާ ފުޓްސަލް ވޯލްޑްކަޕް, މި ދެ މުބާރާތް ދިވެހިންނަށް ބެލޭނެ އިންތިޒާމް ހަމަޖެހިގެންދިއުމީ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށްވާނެކަން ޔަގީނެ އެވެ. އަދި މިއީ ކްލަބް މޯލްޑިވްސް ކަޕް އައިސް ނެޓްވޯކުން ދައްކާ ދެވަނަ އަހަރު ކަން ފާހަގަކޮށްލަން ޖެހެ އެވެ.

މީޑިއާނެޓުގެ އެމްއެސް މީޑިއާނެޓް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރެގެން ވެސް މޯބައިލް ޑިވައިސްތަކުގެ ޒަރިއްޔާއިން ބަލާލެވޭނެ އެވެ.

އެމްއެސް ޑިޖިޓަލް އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށްފަހު - މީޑިއާނެޓު ކުއިކްޕޭ ލިންކް މެދުވެރިކޮށް ބޭނުންވާ ޕެކޭޖެއް ޚިޔާރުކުރެވޭނެ އެވެ.