އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ޅ. ނައިފަރު ގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފި އެވެ. އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަ ކޮށް ކ. ހިންމަފުށި، ޅ. ނައިފަރު، ގދ. ތިނަދޫގައި ބޭއްވުމަށް ހަމަޖެހިފަ އެވެ.

ކ. ހިންމަފުށީ މަސްރޭހަށް ރެޖިސްޓާ ކުރި 18 ޓީމާއެކު ހިންމަފުށީގައި މި މުބާރާތް ފަށާފައިވަނީ އިއްޔެ އެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.

ޗެމްޕިއަން ޓީމް: 921.4 ޕޮއިންޓާއެކު ހުސްބުޅި

ދެވަނަ ޓީމް: 698.45 ޕޮއިންޓާއެކު ޗިލް ބްރޯޒް

3ވަނަ ޓީމް: 438.3 ޕޮއިންޓާއެކު ޓީމް ކޮރަކަލި

އެންމެ ބަރު މަސް: މުހައްމަދު ނަޝީދު ، ޓީމް އަލިފަސް – 9.4 ކިލޯގެ މުޑަ ހަނދި

އެންމެ މޮޅު ކެޔޮޅު – ފިރިހެން: އަލީ އަބްދުﷲ (ޗިލް ބްރޯޒް) 24 މަސް

އެންމެ މޮޅު ކެޔޮޅު – އަންހެން:ޖަވާދާ އަހްމަދު (ޓީމް ކޮރަކަލި) 15 މަސް

އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސް ގެ ޕާޓްނަރުންގެ ފަރާތުން ޅ. ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް އަރިސްކުރެ އެވެ.