ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބިގްބޮސް ސީޒަން 18 ކަލާސް އެޗްޑީއިން މިރޭ ޕްރިމިއާ ކުރާނެ އެވެ.

ޑްރާމާއާއި ހީނުކުރާ ޓްވިސްޓްތަކާއި ހަނދާނުން ފޮހެނުލެވޭނެ އެތައްކަމަކާއެކު ގެނެސްދޭ ރިއަލިޓީ ޝޯ ބިގްބޮސްގެ ފޭނުން ތިބީ މި ޝޯ ބެލުމަށް ކެތްމަދުވެފަ އެވެ.

ޝޯ ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ.

މިފަހަރުގެ ސީޒަންގަވެސް ތަފާތު އެކި ދާއިރާތަކުން ތަފާތު ބައިވެރިން ހޮވާފައިވެ އެވެ. މަޝްހޫރު ތަރިންނާއި، އާއްމުގެ ތެރޭގައި މަގުބޫލުކަން ހޯދާ ބައެއް މީހުންވެސް ހިމެނޭގޮތަށް ކޮންމެ ބައިވެރިއަކުވެސް ބިގްބޮސް ހައުސްއަށް ވަންނަނީ ތަފާތު މިޒާޖާއި ވަހަކަތަކާއެކު އެވެ.

މި ޝޯގެ އެންމެ ހާއްސަ އެއްކަމަކީ ޝޯ ހުށަހަޅާ ދޭ ލެޖެންޑަރީ ހޯސްޓެވެ. އޭނާގެ އެނބުރި އައުމާއެކު، ބަދަލެއް ނާންނަ އެ ހިތްގައިމު ހުށަހެޅުމަށް ބެލުންތެރިންގެ ޝައުގުވެރިކަން އަބަދުވެސް ދަމައިގަނެ އެވެ. މިފަހަރުވެސް ޝޯގެ ހޯސްޓާއި ބިގްބޮސް ގޭގައި އުޅޭ ބައިވެރިންގެ މަޖާ ވާހަކަތަކާއި ތަފާތު އެކި ހާދިސާތަކާއެކު ހަލަބޮލިކަމުގެ ރޯލާކޯސްޓާ ބެލުންތެރިންގެ އިހްސާސްތަކާ ކުޅެލާނެ އެވެ.

މިފަހަރުގެ ސީޒަންގައި މުޅިން އާ ތަފާތު ޓްވިސްޓްތަކާއި، ޗެލެންޖްތަކާ އެކު ބައިވެރިން އެމީހުންގެ ލިމިޓަށް ވައްޓާލާނެކަމުގެ އަޑުތައްވަނީ ފެތުރިފަ އެވެ. ހައިރާންކަން ގެނުވާ އެލިމިނޭޝަންތަކާއި ހީވެސް ނުކުރާ ފަދަ މެހެމާނުންނާއި ބިގްބޮސްގެ މައިންޑް ގޭމުތަކުން މި ރިއަލިޓީ ޝޯ އަބަދުވެސް ހާއްސަވެގެން ދެ އެވެ.

މީޑިއާނެޓްގެ ކަސްޓަމަރުންނަށް ބިގްބޮސް ސީޒަން 18 ގެ ހުރިހާ އެޕިސޯޑް ކަލާސް އެޗްޑީ ޗެނަލް މެދުވެރިކޮށް ބަލާލެވޭނެ އެވެ.