މި މަސް ނިމުމުގެ ކުރިން ދިރާގުގެ 'ވިން އަ ސްޕީޑްބޯޓް ޕްރޮމޯޝަން' ގައި ބައިވެރެގެން ހައި ސްޕިޑް ލޯންޗެއް ހޯދުމުގެ ފުރުސަތު ދެގުނަކޮށްލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދިރާގުގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފެށި މި ކުލަގަދަ ޕްރޮމޯޝަނާއެކު 15 ޑިސެންބަރުގެ ކުރިން ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި ޕޯސްޓްޕެއިޑް 400 އަދި ފައިބާ ބްރޯޑްބޭންޑް 30އެމް އަށް ވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ފަރާތްތަކަށް މި ޕްރޮމޯޝަންގެ އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓަކާއި ޔަމަހާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ޕްރޮމޯޝަންގައި ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރުނާއި އަލަށް ދިރާގާއި ގުޅޭ ކަސްޓަމަރުންނަށްވެސް ހާއްސަ ޕޯޓަލެއް މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. ކޮންމެ ކަސްޓަމަރަކަށްވެސް އެފަރާތްތަކުގެ ޝަރުތުފުރިހަމަވާ ހުރިހާ ނަންބަރުތަކެއް ލުމުގެ ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ. އަދި މި މަސް ނިމުމުގެ ކުރިން މި ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކަށް މި ހައި ސްޕީޑް ލޯންޗު ހޯދުމުގެ ފުރުސަތު ދެގުނަ ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ 36ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ އިތުރު އީޖާދުތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު ކުރިއެރުވުމަށާއި، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް އެފަރާތްތަކަށް މަގުފަހިކޮށްދެމުންނެވެ.